Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 2:16 - ކިތާބުލް މުޤައްދަސާ

16 ޓެކްސް ނަގާ މީހުންނާއި އަދި މި ފާފަވެރިންނާއި އެކުގައި އީސާގެފާނު ފަރީއްކުޅުވަމުން ގެންދަވާތަން ފެނިގެން ފަރީސީ މަޒުހަބުގެ ދަންނަ ބޭކަލުން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”⁠މިފަދަ މީހުންނާއެކު އޭނާ އެއްސުފުރާ މަތީ ކައިބޮއި އެ ހަދަނީ ކީއްވެ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 2:16
14 ပူးပေါင်းရင်းမြစ်များ  

އޭނާ އެބައިމީހުންގެ ވާހަކަ އަޑު އެހުމަށް ދެކޮޅު ހަދައިފިނަމަ، އެ މައްސަލަ އަހަރެންގެ ޖަމާޢަތުގެ ކުރިމައްޗަށް ހުށަހަޅާ. އަދި އެ ޖަމާޢަތުގެ އަޑު އެހުމަށް އޭނާ އިންކާރު ކޮށްފިނަމަ، މާތްރަސްކަލާނގެ ގަބޫލު ނުކުރާ މީހުންނާއި، އަދި ޓެކްސް ނަގާ މީހުންނާއި މެދު އަމަލު ކުރާ ފަދައިން އޭނާ އާއި މެދު ވެސް އަމަލުކުރޭ.


ހަމައެކަނި ތިޔަބައިމީހުން ދެކެ ލޯބިވާ ބަޔަކު ދެކެ ތިޔަބައިމީހުން ވެސް ލޯބިވާނަމަ އެކަމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަންވީ ކޮން ޘަވާބެއް؟ ޓެކްސް ނަގާ މީހުން ވެސް އެފަދައިން ކަންތައް ކުރޭ.


ފަރީސީންނަށް މިތަން ފެނި އީސާގެފާނުގެ އަސްޙާބީންގެ ކައިރިން އެހިއެވެ. ”⁠ކަލޭމެންގެ އެދުރުކަލޭގެ ޓެކްސް ނަގާ މީހުންނާއި އަދި އެހެނިހެން ފާފަވެރިންނާއި އެކުގައި ކައި އެހަދަނީ ކީއްވެ؟⁠“


އީސާގެފާނާއި އަސްޙާބީން ލާވީގެ ގެއަށް ވަޑައިގެން ފަރީއްކުޅުއްވިއެވެ. އެ ފަރީއްކޮޅުގައި ގިނަ ޢަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އެހެނިހެން ފާފަވެރިން އެބޭކަލުންނާ އެކުގައި ބައިވެރިވިއެވެ. އަދި އޭގެ ގިނަބަޔަކު އީސާގެފާނަށް ތަބާ ވެސް ވިއެވެ.


”⁠ކުފުރުގެ ބަސްތައް ބުނެ މި ގޮތަށް ގޮންޖަހަން މީ ކާކު؟ ހަމައެކަނި ފާފަފުއްސެވޭނެ ފަރާތަކީ މާތްރަސްކަލާނގެ!⁠“


މިދީންވެރިޔާ ކުރިއަށް ގޮސް އެންމެންނާ ވަކިން ހުރެ އޭނާ ކުރާ ރަނގަޅު ކަންތަކާއި ބެހޭގޮތުން ދުޢާކުރަން ފެށި. ’⁠މާތްރަސްކަލާކޯއޭ. މިއަޅާއަކީ އެހެން މީހުން ކަހަލަ މީހަކަށް ނުވީތީ ޝުކުރު ވެރިވަމޭ. އެއީ މިއަޅާއަކީ ވައްކަން ކުރާ މީހަކީމެއް ނޫނޭ. ނުބައި ކަންތައްތައްކޮށް އުޅޭ މީހަކީމެއް ނޫނޭ. ހިލޭ އަންހެނަކާއެކު ގުޅުމެއް ހިންގާ މީހެއް ވެސް ނޫނޭ. އަދި އެހެރަ ޓެކްސް ނަގާ މީހާ ކަހަލަ މީހަކީމެއް ވެސް ނޫނޭ.


އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“


އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!⁠“


މިތަން ދެކެ ފަރީސީންނާއި އެމީހުންގެ ބައިގައި ހިމެނޭ ދީނުގެ ދަންނަބޭކަލުން ހިތްހަމަ ނުޖެހިގެން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”⁠ކަލޭމެން ޓެކްސް ނަގާ މީހުންނާ ފާފަވެރިންނާއިއެކު އެއްސުފުރާ މަތީ ކައިބޮއި ތިޔަހަދަނީ ކީއްވެ؟⁠“


އެމީހުންގެ މެދުގައި ކުރެވެމުން ދިޔަ ޒުވާބު އިރެއް އިރަކަށް ގަދަވިއެވެ. އަދި ބައެއް ދީނުގެ ދަންނަބޭކަލުން ކަމުގައި ވީ ފަރީސީނުގެ ބަޔަކު ފުންމައިގެން ތެދުވެ ޕައުލް ގެ ދިފާއުގައި ވާހަކަދައްކާ ބަހުސްކޮށް ބުންޏެވެ. ”⁠މިމީހާގެ އެއްވެސް ކުށެއް އަހަރެމެންނަކަށް ނުފެނޭ. ފަހަރެއްގައި ހަމަ މަލާއިކަތަކު ނުވަތަ ރޫޙެއް އޭނާއާއި ވާހަކަ ދެއްކީ ކަމުގައި ވެސް ވެދާނެ.⁠“


ކަލޭމެންގެ ފިކުރުގައި އީސާގެފާނު ކުރެއްވި ކަންތައް ހަރުލައްވާށެވެ. ފާފަވެރިންގެ ކިބައިން އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާތަކަށް ކެތްތެރިވެ ވަޑައިގަތެވެ. މިކަންތައް ހިތުގައިވާނަމަ ކަލޭމެން ވެސް ނާއުންމީދުވެ ފަހަތަކަށް ނުޖެހޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ