މަރުކުސް 2:15 - ކިތާބުލް މުޤައްދަސާ15 އީސާގެފާނާއި އަސްޙާބީން ލާވީގެ ގެއަށް ވަޑައިގެން ފަރީއްކުޅުއްވިއެވެ. އެ ފަރީއްކޮޅުގައި ގިނަ ޢަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އެހެނިހެން ފާފަވެރިން އެބޭކަލުންނާ އެކުގައި ބައިވެރިވިއެވެ. އަދި އޭގެ ގިނަބަޔަކު އީސާގެފާނަށް ތަބާ ވެސް ވިއެވެ. အခန်းကိုကြည့်ပါ။ |
އެ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް އެކަލޭގެފާނު ހިންގަވަމުން ގެންދެވި ހިނދު އަލްފައިއަސްގެ ފިރިހެންދަރި، ލާވީ އޭނާ ޓެކްސް ނަގަން އިންނަ ކޮށިގަނޑުގައި އިންދާ އެކަލޭގެފާނަށް ފެނިވަޑައި ގެންނެވިއެވެ. އަދި އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާ އެކު އާދޭ!“ އެ ހިނދު ލާވީ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.
އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނާއިއެކު އުސް ބިމުން ފައިބާވަޑައިގެން ހަމަ ބިމަށް ތިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އިތުރު އެތައް އަސްޙާބީންނެއް ވެސް އެތާނގައި ވިއެވެ. އަދި އޭގެ އިތުރުން ޖުދެއާ ކަރައިންނާއި ޖެރޫސަލަމުންނާއި ދުރު ރަށްތައް ކަމުގައިވާ ޞޫރުންނާއި ޞައިދޫނުން ވެސް އެތައް ބައިވަރު ބަޔަކު އެތަނަށް އެއްވެފައި ވެއެވެ.