މަރުކުސް 2:13 - ކިތާބުލް މުޤައްދަސާ13 އަނެއްކާވެސް ގަލީލީ ކަނޑުގެ އައްސޭރިފަށަށް އީސާގެފާނު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ މީހުން އައެވެ. އަދި އެމީހުންނަށް އެކަލޭގެފާނު އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ. အခန်းကိုကြည့်ပါ။ |
އެތަން ދޫކުރައްވައި އީސާގެފާނު ވަޑައިގެންނެވި މަގުމަތީގައި ޓެކްސް ނަގާ މީހެއް ކަމުގައިވާ މައްތާ އާއި އެކަލޭގެފާނާއި ދިމާވިއެވެ. އެ ހިނދު މައްތާ އިނީ އޭނާ ޓެކްސް ނެގުމަށް ހަދާފައިވާ އޮފީހުގައެވެ. މައްތާއަށް އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނާއި އެކު އާދޭ.“ އޭނާ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.
ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.