Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 16:9 - ކިތާބުލް މުޤައްދަސާ

9 އީސާގެފާނު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ އެކަލޭގެފާނު ފެނުނީ މަރިޔަމް މަގްދަލޭނާ އަށެވެ. އީސާގެފާނު ވަނީ، މި މަރިޔަމް މަގްދަލޭނާ ހަތް ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 16:9
12 ပူးပေါင်းရင်းမြစ်များ  

އޭގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި، ޔާމިޒު އާއި ޔޫސުފުގެ މަންމަ މަރިޔަމް އާއި، އަދި ޔޫޙަންނާ އާއި ޔާމިޒުގެ މަންމަވެސް ހިމެނެއެވެ.


އެތަނުގައި ތިބި އަންހެނުންތައް ދުރުދުރުން މި ހިނގާދިޔަ ކަންތައްތައް ބަލަމުން ގެންދިޔައެވެ. އެބައިމީހުންގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި މަރިޔަމް އާއި ސަލްމާ ވިއެވެ. (މި މަރިޔަމަކީ ހަގު ޔާމިޒު އާއި ޔޯސަސްގެ މަންމައެވެ.)


އީސާގެފާނުގެ ހަށިކޮޅު ވެޑުވިތަން މަރިޔަމް މަގްދަލޭނާ އާއި ޔޯސަސްގެ މަންމަ މަރިޔަމް ބަލަމުން ގެންދިޔައެވެ.


އެއާއެކު އެ އަންހެނުންތައް ބިރުން ތުރުތުރުއަޅައި އާޝޯޚުވެތިބެ ޒިޔާރަތުން ބޭރަށް ނުކުމެ ދުއްވައިގަތެވެ. އަދި އެބައިމީހުން ބިރުން ތިބި ވަރުން އެކެއްގެ ގާތު އެކައްޗެއް ވެސް ނުބުނެވުނެވެ.


މިއަންހެނުންނަކީ މަރިޔަމް މަގްދަލޭނާ އާއި ޔޮއަންނާ އާއި އަސްޙާބީއެއް ކަމުގައިވާ ޔާމިޒުގެ މަންމަ މަރިޔަމްއާއި އެމީހުންނާއި އެކީގައި ދިޔަ އެހެން އަންހެނުންނެވެ. މިކަންތައްތަކުގެ ވާހަކަ އީސާގެފާނުގެ މަންދޫބުންނަށް ކިޔައިދިނީ މިމީހުންނެވެ.


އަދި އޭގެ އިތުރުން އީސާގެފާނު ބަލިތަކުން ހެޔޮ ކޮށްދީ ޖިންނީންގެ ފަރާތުން ސަލާމަތް ކޮށްދިން ބައެއް އަންހެނުން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. މިއަންހެނުންގެ ތެރެއިން އެކަކީ މަގްދަލޭނާގެ މީހެއްކަމުގައި ވީ މަރިޔަމް އެވެ. އީސާގެފާނު ވަނީ މި މަރިޔަމް ހަތް ޖިންނީންގެ ފަރާތުން މިންޖު ކޮށްދެއްވާފައެވެ.


އެވަގުތު އޭނާއަށް ފެނުނީ އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައި ވީ ތަނުގެ ބޯލާކޮޅާއި ފައިލާކޮޅުގައި ހުދު ހެދުމެއްގައި ތިއްބެވި ދެ މަލާއިކަތުން ތިއްބަވަނިކޮށެވެ.


އަހަރެމެން މާތްސާހިބާ އީސާގެފާނުގެ މަތިން ހަނދުމަކުރުމަށްޓަކާ ކާކެއުން ކެއުމަށް އާދީއްތަ ވިލޭރޭ ބައްދަލުވީމެވެ. އެ ބައްދަލުވުމުގައި ޕައުލް އެންމެންނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އަދި އޭނާ އަނެއްދުވަހު ފުރާތީ އާއިއެކު މެންދަން ވަންދެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.


މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ