Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 16:7 - ކިތާބުލް މުޤައްދަސާ

7 އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި ޚާއްސަކޮށް ޕަތަރަސްއަށް މި ޚަބަރުދީ: އީސާގެފާނު ތިޔަބައިމީހުންނަށް ވުރެން ކުރިން ގަލީލީއަށް ވަޑައިގަންނަވާނެ. އެކަލޭގެފާނު ވިދާޅުވެފައިވާ ފަދައިން އެރަށުގައި ތިޔަބައިމީހުންނަށް އެކަލޭގެފާނު ފެނިވަޑައިގަންނަވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 16:7
12 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އަހަރެން މަރުވުމަށް ފަހު ދިރުއްވުމުން ތިޔަބައިމީހުންގެ ކުރިން ގަލީލީއަށް ގޮސް އެރަށުގައި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަން.⁠“


އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ބިރު ނުގަނޭ! ގޮސް އަހަރެންގެ އަސްޙާބީންގެ ކައިރީގައި ގަލީލީއަށް ދިއުމަށް ބުނޭ. އަދި އެތަނުގައި އެބައިމީހުންނަށް އަހަރެން ފެންނާނެ.⁠“


އަދި އަވަހަށް ގޮސް އެކަލޭގެފާނުގެ އަސްޙާބީންނަށް މި ޚަބަރުފުޅު ދީ. ’⁠އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފިއޭ. ތިޔަބައިމީހުންނަށް ވުރެން ކުރިން އެކަލޭގެފާނު ގަލީލީއަށް ވަޑައިގަންނަވާނެ އޭ. އަދި ތިޔަބައިމީހުންނަށް އެކަލޭގެފާނު އެތަނުން ފެނިވަޑައިގަންނަވާނެ އޭ.⁠‘⁠“ ދެން މަލާއިކަތާ ވިދާޅުވިއެވެ. ”⁠މިއީ ތިޔަބައިމީހުން ގާތު އަހަރެން ބުނިކަން ކަން ހަނދާންކުރާތި.⁠“


ނަމަވެސް އަހަރެން މަރުވުމަށް ފަހު ދިރުއްވުމުން ތިޔަބައިމީހުންގެ ކުރިން ގަލީލީއަށް ގޮސް އެރަށުގައި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަން.⁠“


އެއާއެކު އެންމެހައި އަސްޙާބީން އެކަލޭގެފާނު ގިނިކަންޏާ ދޫކޮށްލެއްވުމަށް ފަހު ދުވެ ފިލިއެވެ.


އެއާއެކު އެ އަންހެނުންތައް ބިރުން ތުރުތުރުއަޅައި އާޝޯޚުވެތިބެ ޒިޔާރަތުން ބޭރަށް ނުކުމެ ދުއްވައިގަތެވެ. އަދި އެބައިމީހުން ބިރުން ތިބި ވަރުން އެކެއްގެ ގާތު އެކައްޗެއް ވެސް ނުބުނެވުނެވެ.


ފަހުން އަނެއްކާވެސް އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރީގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަން ހިނގީ މިފަދައިންނެވެ.


އަދި އެކަލޭގެފާނު އަލުން ދިރިވަޑައިގެން އެކަލޭގެފާނާއި އެކު ގަލީލީއިން ޖެރޫސަލަމަށް އައި މީހުންނަށް އެތައް ދުވަހެއްވަންދެން ފެނި ހާމަވަމުން ދިޔަ. މިމީހުން މިހާރު އީސާގެފާނާއި ބެހޭ ގޮތުން ހެކިދީ އެކަލޭގެފާނާއި ބެހޭ ހެޔޮޚަބަރުފުޅުތައް ބަނީއިސްރާއީލު މީހުންނަށް އަންގައިދެމުން އެބަދޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ