މަރުކުސް 16:20 - ކިތާބުލް މުޤައްދަސާ20 އޭގެ ފަހުން އެކަލޭގެފާނުގެ އަސްޙާބީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޢުޡު އިއްވަމުން ގެންދެވިއެވެ. އަދި މާތްސާހިބާ އެބޭކަލުންނާ އެކުގައި ވަޑައިގެންވެ އެ މުޢުޖިޒާތްތަކުގެ އެހީގައި އެބޭކަލުންގެ ރިސާލަތު ޙަޤީޤަތަކަށް ހައްދަވައި ދެއްވަމުން ގެންދެވިއެވެ. အခန်းကိုကြည့်ပါ။ |
ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ދެއްވާ ނިޢުމަތްފުޅުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.
އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ މެދުގައި އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތަކެއް ކުރަމުން ދިޔައެވެ. އަދި މާތްސާހިބާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުން ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގައިވާ ސުލައިމާނުގެފާނުގެ ފެންޑާ އޭ ކިޔޭ ތަނަށް އެއްތަންވެ ޖަމާވަމުން ގެންދިޔައެވެ.
މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.