Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 16:2 - ކިތާބުލް މުޤައްދަސާ

2 އަދި އާދީއްތަ ދުވަހުގެ އިރުއަރައިގެން އައި ހިނދު މި އަންހެނުންތައް އީސާގެފާނު ވެޑުވިފައިވީ ޒިޔާރަތަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 16:2
6 ပူးပေါင်းရင်းမြစ်များ  

ސަބަތުގެ ދުވަހަށް ފަހު ޖެހިގެން އައި ދުވަހަކީ ހަފްތާގެ ފުރަތަމަ ދުވަސް ކަމުގައިވާ އާދީއްތަ ދުވަހެވެ. އާދީއްތަ ދުވަހަށް އަލިވިލެމުން ދިޔަ ހިނދު މަރިޔަމް މަގްދަލޭނާ އާއި އަދި މަރިޔަމް ކިޔާ އެހެން އަންހެނަކާއި ދެމީހުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގައިވާ މަހާނަ ކައިރިއަށް ދިޔައެވެ.


ސަބަތުގެ ދުވަސް ނިމުމުން، މަރިޔަމް މަގްދަލޭނާ އާއި ޔާމިޒުގެ މަންމަ މަރިޔަމް އާއި ސަލްމާ އީސާގެފާނުގެ ހަށިކޮޅު ކަފުން ކުރެއްވުމަށްޓަކައި މީރުވަސްދުވާ ހުވަނދު ގަތެވެ.


މިބައިމީހުން ދިޔަ މަގުމަތީގައި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠ޒިޔާރަތުގެ ދޮރުމަތީގައި ވީ ހިލަ އަހަރެމެންނަށް ދުރުކޮށްދޭނީ ކާކު؟⁠“ (މި ހިލައަކީ ވަރަށް ބޮޑު ހިލައެކެވެ.) ދެން މި އަންހެނުންތައް ޒިޔާރަތުގެ ދޮރާ ދިމާލަށް ބަލާލި ހިނދު އެ ހިލަ އެއްފަރާތް ކޮށްފައިވީތަން ފެނުނެވެ.


އާދީއްތަ ދުވަހުގެ ވަރަށް ފަތިހު މިއަންހެނުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގެ ކައިރިއަށް ދިޔަ އެވެ. އީސާގެފާނު ކަފުން ކުރުމަށްޓަކައި މިބައިމީހުން ތައްޔާރު ކުރި މީރުވަސް ދުވާ ތަކެތި މިބައިމީހުންނާއި އެކު ގެނައެވެ.


އާދީއްތަ ދުވަހު ފަތިހުގެ އަލި ފާއްދާލުމާއެކު މަރިޔަމް މަގްދަލޭނާ އެ ހޮހަޅައިގެ ދޮށަށް ދިޔައެވެ. އޭރު އެ ހޮހަޅައިގެ އަނގަމަތީ ބާއްވާފައި އޮތް ހިލަ ދުރަށް ލެވިފައިވާތަން އޭނާއަށް ފެނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ