މަރުކުސް 16:19 - ކިތާބުލް މުޤައްދަސާ19 މާތްސާހިބާ އީސާގެފާނު އެބޭކަލުންނަށް މިވާހަކަފުޅުތައް ވިދާޅުވެދެއްވައި ނިންމެވި ހިނދު އެކަލޭގެފާނު އުޑަށް އުފުއްލެވިގެން ދިޔައެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވީ މަޤާމުގައި އެކަލޭގެފާނު ވަނީ ލަހައްޓަވާފައެވެ. အခန်းကိုကြည့်ပါ။ |
ފަހަނަޅައި ދިއުމުގެ ޢީދު އައުމުގެ ކުރިން އީސާގެފާނަށް އެކަލޭގެފާނު ބައްޕާފުޅު އަރިހަށް ވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަން އެނގިވަޑައިގެންފިއެވެ. އީސާގެފާނު އެކަލޭގެފާނަށް އީމާންވެގެންވީ މީހުންދެކެ ނުހަނު ބޮޑަށް ލޯބިފުޅުވެއެވެ. އަދި އެންމެ ފަހު ދުވަހާއި ޖެހެންދެން ވެސް އީސާގެފާނު ދުނިޔޭގައިވާ އެކަލޭގެފާނުގެ މީސްތަކުންދެކެ ލޯބިފުޅުވިއެވެ.
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟“ ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!“
އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކު ވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.“
މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.
އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.
އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.
އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.