Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 16:17 - ކިތާބުލް މުޤައްދަސާ

17 އީމާންތެރިވި ފަރާތްތަކަށް މުޢުޖިޒާތްތައް ދެއްކުމުގެ ކުޅަދާނަކަން ލިބިދޭނެ. އެފަދަ މީހުންނަށް ޖިންނީގެ އުނދަގޫތަކުން މީސްތަކުން ރަނގަޅު ކުރުމަށާއި ތަފާތު އެކިއެކި ބަސްތަކުން ވާހަކަ ދައްކުމުގެ ކުޅަދާނަކަން ލިބޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 16:17
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔޫޙަންނާ އީސާގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނުގެ ނަންފުޅުގެ ބޭނުން ކުރައްވައިގެން ޖިންނީގެ އުނދަގުލުން މީހުން ރަނގަޅުކުރަމުން ގެންދާ މީހަކު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން އެމީހާއަށް އެކަންތައް ކުރުން ހުއްޓުމަށް އެންގިން. އެއީ އެމީހާ އަކީ އަޅުގަނޑުމެންގެ ތެރެއިން ހިމެނިގެންވާ މީހެއް ނޫން.⁠“


މި ދިޔަ ހަތްދިހަ ދެ އަސްޙާބީން އެނބުރި އައީ ވަރަށް އުފާވެރި ކަން މަތީގައެވެ. އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑުމެން ކަލޭގެފާނުގެ ނަންފުޅުގަތުމުން ޖިންނީން ވެސް އަޅުގަނޑުމެންނަށް ބޯލަނބާ.⁠“


ހަމަތެދެއް، އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ ކޮންމެ މީހަކުމެ އަހަރެން މިކުރި ފަދަ ކަންތައްތައް ކުރާނެ. އަދި އެމީހަކު އެއަށް ވުރެ މަތިވެރި ކަންތައް ވެސް ކުރާނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް ކަމުގައި ވީތީ.


އީސާގެފާނަށް އީމާންވެގެން ތިބި މި ބަނީއިސްރާއީލު މީހުންނަށް ކޮރުނޭލިޔުސްގެ ގޭތެރޭގައި ވީ މީސްތަކުން ތަފާތު ބަސްތަކުން ވާހަކަ ދައްކާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާކިޔާ އަޑު އިވުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބިފައިވާ ކަން އެއްވެސް ޝައްކެއް ނެތި އެނގި ހާމަވިއެވެ. ދެން ޕަތަރަސް ބުންޏެވެ.


މި ކުއްޖާ ކޮންމެ ދުވަހަކު އަހަރެމެންގެ ފަހަތުން މިހެން ގޮވަމުން ގޮސް ހެދިއެވެ. އެންމެ ފަހުން އެއް ދުވަހު ޕައުލް ކުޅަދާނަނުވެގެން އެ ކުއްޖާއާ ދިމާލަށް އެނބުރިފަ އެ ނުބައިރޫޙަށް ބުންޏެވެ. ”⁠ތިކުއްޖާގެ ގައިން ހަމަ މިހާރު ނުކުތުމަށް އީސާ އަލްމަސީޙުގެ ނަންފުޅުގައި އަހަރެން ކަލެއަށް އަމުރުކުރަން.⁠“ ހަމައެވަގުތު އެ ނުބައި ރޫޙު އެކުއްޖާގެ ހަށިގަނޑުގެ ތެރެއިން ނުކުމެއްޖެއެވެ.


ދެން ޕައުލް އެމީހުންގެ ކޮނޑުގައި އަތްލާ ދުޢާ ކުރުމުން މާތްރޫޙުފުޅު އެމީހުންގެ މައްޗަށް ވެރިވިއެވެ. އެވަގުތު އެމީހުން ތަފާތު ބަސްތަކުން ވާހަކަދައްކާ އަދި މާތްރަސްކަލާނގެ ކުރައްވާނެ މަތިވެރި ކަންތައްތަކުގެ ވާހަކަތައް ދެއްކިއެވެ.


މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.


ޖެރޫސަލަމުގެ ވަށައިގެންވާ އެކި ރަށްތަކުން އެތައް ބައިވަރު ބަޔަކު ތަފާތު ބަލިތައް ޖެހިފައި ވާ މީހުންނާއި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެ އުނދަގޫތައް ލިބެމުން ދާ މީހުން ގެނައެވެ. އަދި މި އެންމެންނަށްމެ ޝިފާ ލިބި ރަނގަޅުވިއެވެ.


އެމީހުންގެ ތެރޭގައި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެފައި ވީ އެތައް ބަޔަކު ވިއެވެ. ފިލިޕު އެހުރިހާ އެންމެން އެ ނުބައި ރޫޙުތަކުގެ ދަށުން ސަލާމަތްކޮށް އެ ނުބައި ރޫޙުތައް ފޮނުވާލިއެވެ. އެ ރޫޙުތައް އަޑުގައި ނެއްތަނަށް ރޮއެ ހަޅޭއްލަވަމުން އެމީހުން ދޫކޮށް ދިޔައެވެ. އޭގެ އިތުރުން އެތާނގައި ތިބި ވާބަލި ޖެހިފައިވީ މީހުންނާއި ކޮރު މީހުން ވެސް ފިލިޕު ރަނގަޅު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ