Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 16:14 - ކިތާބުލް މުޤައްދަސާ

14 އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 16:14
24 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެކަލޭގެފާނު އެންމެ ގިނަ މުޢުޖިޒާތްތައް ދެއްކެވި ސަހަރުތަކަށް ފާޑުވިދާޅުވިއެވެ. އެމީހުން ތައުބާ ނުވުމުގެ ސަބަބުން އެ ސަހަރުތައް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’⁠ތިޔަ ހުރި ތަނުން ލުހިގެން ދާށޭ⁠‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.⁠“


އީސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެބައިމީހުންނަށް ފެނުނެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. އެކަމަކު ބައެއް އަސްޙާބީންނަށް އެއީ އީސާގެފާނު ކަމާ މެދު ޝައްކު ކުރެވުނެވެ.


”⁠އެމީހުންނެކޭ އެއްފަދައިން ތިޔަބައިމީހުންނަށް ވެސް ދޭހައެއް ނުވިތަ؟⁠“ މިސުވާލު އީސާގެފާނު އެބޭކަލުންނާއި ކުރައްވައި އިތުރަށް ވިދާޅުވިއެވެ. ”⁠ތިޔަބޭކަލުންނަށް އެނގިގެންނުވޭތަ؟ މީހެއްގެ ހަށިގަނޑުން ބޭރުން އެމީހެއްގެ ހަށިގަނޑުގެ ތެރެއަށްދާ އެއްވެސް އެއްޗަކުން އެމީހާ ޙަޤީޤަތުގައި ނުތާހިރެއް ނުވާނެ.


ނަމަވެސް އީސާގެފާނުގެ މަންދޫބުންނަށް މި އަންހެނުން މިކިޔައިދިން ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އެއީ މި ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ކަހަލަ ވާހަކަތަކެއް ހެން ހީވާތީއެވެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ވަރަށް މޮޔަ ބައެއް. ނަބީބޭކަލުން ދެއްކެވި ވާހަކަފުޅުތައް ވެސް ގަބޫލުކުރަން ކަލޭމެންނަށް ވަރަށްގިނަ ވަގުތު ނަގާ.


އަސްޙާބީން އޭނާ ގާތު ބުންޏެވެ. ”⁠އަހަރެމެން މާތްސާހިބާ ދެކެފިން.⁠“ ނަމަވެސް އޭނާ ބުންޏެވެ. ”⁠އަހަރެން އެކަލޭގެފާނުގެ އަތްޕުޅުގައި މޮހޮރު ޖެހުނު ޒަޚަމްތައް ދެކެ އެތަނުގައި އަތްލާ އެކަލޭގެފާނު އަރިކަށިފުޅުގައިހުރި ޒަޚަމުގައި އަތްނުލަނީސް އަހަރެން ތިޔަކަމެއް ގަބޫލެއް ނުކުރާނަން.⁠“


ހަފުތާއެއްގެ ފަހުން އަނެއްކާވެސް އަސްޙާބީންތައް އެތެރޭގައި އެއްތަންވެ ތިއްބެވެ. އޭރު ތޯމާސް ވެސް އެމީހުންނާ އެކުގައި ހުއްޓެވެ. ދޮރުތައް ހުރީ ތަޅުލާފައެވެ. އެކަމަކު އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެންފައި ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


ދެން އީސާގެފާނު ތޯމާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ އަތުގައި އަތްލާ ބަލާބަލަ. މަގޭ އަރިކަށީގައި ވާ ޒަޚަމުތަކުގެ ނިޝާންތަކުގައި އަތްލަބަލަ. ޝައްކު ކުރުން ދޫކޮށްލާ. ގަބޫލުކޮށް އީމާންވޭ!⁠“


ފަހުން އަނެއްކާވެސް އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރީގައި އެކަލޭގެފާނުގެ އަސްޙާބީންނަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަން ހިނގީ މިފަދައިންނެވެ.


މިއީ އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެން އެކަލޭގެފާނުގެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވި ތިންވަނަ ފަހަރެވެ.


އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.


އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ