Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 16:10 - ކިތާބުލް މުޤައްދަސާ

10 އަދި އެކަނބުލޭގެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނާއިމެދު ކަންތައް ހިނގާދިޔަ ގޮތުގެ ޚަބަރު ދިން ހިނދު އެބޭކަލުން ވީ ފުންހިތާމައާއި އެކު ރުއިމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 16:10
8 ပူးပေါင်းရင်းမြစ်များ  

އެ ޒުވާން ފިރިހެނާއަށް މިބަސްތައް އަޑު އިވުނު ހިނދު ނުހަނު ދެރަވިއެވެ. އަދި ހިތްދަތިކަމާއެކު އެތަނުން ދިޔައެވެ. ސަބަބަކީ އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެކެވެ.


އެ ހިނދު އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާކަމުގެ ނިޝާން އުޑުން ފެންނާނެ. އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަތިވެރި ނޫރުފުޅާއި ގަދަފަދަ ބާރަފުޅާ އެކު އުޑުން ވިލާގަނޑެއްގެ ތެރެއިން ވަޑައިގަންނަވާހިނދު ދުނިޔޭގެ އެންމެހާ ޤައުމުތަކުގެ މީހުން ހިތާމަ ކުރާނެ.


އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކައިވެނި ވާ ފިރިހެނާ މެހުމާނުންނާއި އެކުގައި ހުންނަ ހިނދު އެބައިމީހުން ދެރައެއް ނުވާނެ. އެކަމަކު ކައިވެނި ވާ ފިރިހެނާ އެބައިމީހުންގެ ކައިރިން ދުރަށް ދިއުމުގެ ވަގުތު ޖެހުމުން އެބައިމީހުން ދެރަވެ ނުކާނެ.


އެ ހިނދު ދެވަނަ ފަހަރަށް ހާލެއް ގޮވި އަޑު އިވިގެން ދިޔައެވެ. އަދި ޕަތަރަސްއާއި މުޚާތަބު ކުރައްވާ އީސާގެފާނު ވިދާޅުވި ވިދާޅުވުމުގެ މަތިން އޭނާ ހަނދާންވިއެވެ. ”⁠ހާލެއް ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.⁠“ އަދި އޭނާ މިކަމާއި ނުހަނު ހިތާމައިން ރޯންފެށިއެވެ.


އެކަލޭގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ކަލޭމެން ދެމީހުން ދަތުރުކޮށް ދަމުން ތިޔަ ދައްކަނީ ކޮން ވާހަކައެއް؟⁠“ އެމީހުން ވަގުތުން ހިނގުން ހުއްޓާލާފައި ދެރަވެ އިސް ދަށަށް ޖަހައިގެން ތިއްބެވެ.


އޭގެ ބަދަލުގައި އަހަރެން މިހުރިހާ އެއްޗެއް ކިޔާ ދިނުމުން ކަލޭމެން ތިޔަ ތިބީ އެކަމާ ދެރަވެ ހިތާމަވެރިވެފަ.


މަރިޔަމް މަގްދަލޭނާ ގޮސް އަސްޙާބީން ހޯދައި އެމީހުން ގާތު ބުންޏެވެ. ”⁠އަހަރެން މާތްސާހިބާ ދެކެފިން!⁠“ ދެން އެކަލޭގެފާނު ދެއްވި ޚަބަރުފުޅު އޭނާ އެމީހުންނަށް ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ