7 އެ ދުވަސްތަކުގައި ސަރުކާރާއި ދެކޮޅުވެރިވެ، ސަރުކާރާއި ދެކޮޅަށް ބަޣާވަތެއްގައި މީހުން މަރައި މީހެއް ކަމުގައިވާ ބަރައްބާސް ހައްޔަރު ކުރެވިފައިވިއެވެ.
އެދުވަސްވަރު ޖަލުގައި ހައްޔަރު ކުރެވިފައިވާ ނުބައިކަމަށް މަޝްހޫރު މީހެއް ކަމުގައިވާ ބަރައްބާސް ކިޔާ މީހަކު ހުއްޓެއެވެ.
މިޞްރުން މިންޖުވުން ފާހަގަ ކުރާ ކޮންމެ ޢީދެއްގައި މީސްތަކުން އެދޭ ކުށްވެރިޔަކު ދޫކޮށް ދިނުމަކީ ޕިލާތުސްގެ އާދައެކެވެ.
އެ ހިނދު އެއްވެފައިވާ މީސްތަކުން އެއް އަޑަކުން ޕިލާތުސްއަށް ކުށްވެރިއަކު ދޫކޮށްދިނުމަށް އެދި ގޮވަމުން ދިޔައެވެ.
އީސާގެފާނުގެ ބަދަލުގައި އެބައިމީހުން އެދުނު މީހާ މިނިވަންކޮށް ދިނެވެ. މިމީހާއަކީ ސަރުކާރާއި ދެކޮޅަށް ބަޣާވަތް ކޮށް އަދި މީހަކު މަރާލުމުގެ ކުށުގައި ޖަލަށް ލެވިފައިވާ މީހެކެވެ. އަދި އީސާގެފާނުގެ މައްޗަށް އެމީހުން އެދުނު ފަދައިން ކަންކުރުމަށް ޕިލާތުސް އެއްބަސްވިއެވެ.