Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 15:47 - ކިތާބުލް މުޤައްދަސާ

47 އީސާގެފާނުގެ ހަށިކޮޅު ވެޑުވިތަން މަރިޔަމް މަގްދަލޭނާ އާއި ޔޯސަސްގެ މަންމަ މަރިޔަމް ބަލަމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 15:47
8 ပူးပေါင်းရင်းမြစ်များ  

އޭގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި، ޔާމިޒު އާއި ޔޫސުފުގެ މަންމަ މަރިޔަމް އާއި، އަދި ޔޫޙަންނާ އާއި ޔާމިޒުގެ މަންމަވެސް ހިމެނެއެވެ.


މަރިޔަމް މަގްދަލޭނާ އާއި އަދި އެހެން މަރިޔަމްއަކާއި މި ދެ އަންހެނުން އެތަން ބަލަން ކައިރީގައި ތިއްބެވެ.


ސަބަތުގެ ދުވަހަށް ފަހު ޖެހިގެން އައި ދުވަހަކީ ހަފްތާގެ ފުރަތަމަ ދުވަސް ކަމުގައިވާ އާދީއްތަ ދުވަހެވެ. އާދީއްތަ ދުވަހަށް އަލިވިލެމުން ދިޔަ ހިނދު މަރިޔަމް މަގްދަލޭނާ އާއި އަދި މަރިޔަމް ކިޔާ އެހެން އަންހެނަކާއި ދެމީހުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގައިވާ މަހާނަ ކައިރިއަށް ދިޔައެވެ.


އެތަނުގައި ތިބި އަންހެނުންތައް ދުރުދުރުން މި ހިނގާދިޔަ ކަންތައްތައް ބަލަމުން ގެންދިޔައެވެ. އެބައިމީހުންގެ ތެރޭގައި މަރިޔަމް މަގްދަލޭނާ އާއި މަރިޔަމް އާއި ސަލްމާ ވިއެވެ. (މި މަރިޔަމަކީ ހަގު ޔާމިޒު އާއި ޔޯސަސްގެ މަންމައެވެ.)


ދެން ޔޫސުފު ހުދު ފޭރާމުގެ ކަފުންފޮތި ގަނެގެން އައިސް ސަލީބުން އީސާގެފާނު ތިރި ކުރައްވައި އެ ފޮތިން އެކަލޭގެފާނުގެ ހަށިކޮޅު ނިވާކޮށް ކަފުންކުރުމަށް ފަހު ފަރުބަދަ ކަނޑައިގެން ހަދާފައިވާ މަގުބަރާއެއްގެ ތެރޭގައި އެކަލޭގެފާނު ވެޑުވިއެވެ. އަދި މި މަގުބަރާއަށް ވަންނަ ދޮރު ހުރަސްވާގޮތަށް ބޮޑު ހިލައެއް އޭނާ ބޭއްވިއެވެ.


ސަބަތުގެ ދުވަސް ނިމުމުން، މަރިޔަމް މަގްދަލޭނާ އާއި ޔާމިޒުގެ މަންމަ މަރިޔަމް އާއި ސަލްމާ އީސާގެފާނުގެ ހަށިކޮޅު ކަފުން ކުރެއްވުމަށްޓަކައި މީރުވަސްދުވާ ހުވަނދު ގަތެވެ.


އީސާގެފާނުގެ އަރިހުގައި ގަލީލީއިން އައި އަންހެނުން ވެސް ޔޫސުފުގެ ފަހަތުން ދިޔައެވެ. އަދި އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވުނު ގޮތް މިއަންހެނުން ވެސް ދުއްޓެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ