މަރުކުސް 15:46 - ކިތާބުލް މުޤައްދަސާ46 ދެން ޔޫސުފު ހުދު ފޭރާމުގެ ކަފުންފޮތި ގަނެގެން އައިސް ސަލީބުން އީސާގެފާނު ތިރި ކުރައްވައި އެ ފޮތިން އެކަލޭގެފާނުގެ ހަށިކޮޅު ނިވާކޮށް ކަފުންކުރުމަށް ފަހު ފަރުބަދަ ކަނޑައިގެން ހަދާފައިވާ މަގުބަރާއެއްގެ ތެރޭގައި އެކަލޭގެފާނު ވެޑުވިއެވެ. އަދި މި މަގުބަރާއަށް ވަންނަ ދޮރު ހުރަސްވާގޮތަށް ބޮޑު ހިލައެއް އޭނާ ބޭއްވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އޭނާ އެކަލޭގެފާނުގެ ހަށިކޮޅު ސަލީބުން ތިރިކޮށް އެންމެ އަގުބޮޑު ފޮތީގެ ފޮތިގަނޑަކުން އެހަށިކޮޅު ނިވާކޮށް ކަފުންކުރުމަށްޓަކައި ގެންދިޔައެވެ. ފަރުބަދާގައި ހަދައިފައިވާ ހޮހަޅައެއް އެތާނގައި ވިއެވެ. އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފަ އަދި ނުވެއެވެ. ޔޫސުފު އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވިއެވެ.