މަރުކުސް 15:45 - ކިތާބުލް މުޤައްދަސާ45 އަދި އީސާގެފާނު އަވަހާރަ ވެއްޖެ ކަމުގައި ސިފައިންގެ އޮފިސަރު ދިން ބަޔާނުގެ މައްޗަށް ބަލައި އީސާގެފާނުގެ ހަށިކޮޅު ގެންދިއުމުގެ ހުއްދަ ޕިލާތުސް ޔޫސުފުއަށް ދިނެވެ. အခန်းကိုကြည့်ပါ။ |
ދެން ޔޫސުފު ހުދު ފޭރާމުގެ ކަފުންފޮތި ގަނެގެން އައިސް ސަލީބުން އީސާގެފާނު ތިރި ކުރައްވައި އެ ފޮތިން އެކަލޭގެފާނުގެ ހަށިކޮޅު ނިވާކޮށް ކަފުންކުރުމަށް ފަހު ފަރުބަދަ ކަނޑައިގެން ހަދާފައިވާ މަގުބަރާއެއްގެ ތެރޭގައި އެކަލޭގެފާނު ވެޑުވިއެވެ. އަދި މި މަގުބަރާއަށް ވަންނަ ދޮރު ހުރަސްވާގޮތަށް ބޮޑު ހިލައެއް އޭނާ ބޭއްވިއެވެ.
އަރިމާތެއާއިން އައިސް ހުރި ޔޫސުފަކީ ސިއްރިއްޔާތުގައި އީސާގެފާނުގެ އަސްޙާބީއެއްގެ ގޮތުގައި އުޅުނު މީހެކެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. މީނާ ޕިލާތުސްގެ ކިބައިން އީސާގެފާނުގެ ހަށިކޮޅު ނަގައިގެން ގެންދިއުމުގެ ހުއްދައަށް އެދުނެވެ. ޕިލާތުސް އެ ހުއްދަ ދިނުމުން އޭނާ އައިސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސްފިއެވެ.