Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 15:32 - ކިތާބުލް މުޤައްދަސާ

32 ބަނީއިސްރާއީލުގެ މި ރަސްގެފާނު، މި އަލްމަސީޙު ސަލީބުން ފައިބައިގެން އަންނަތަން އަހަރެމެންނަށް ފެނި އަދި އޭނާއަށް އަހަރެމެން އީމާންވާން ޖެހޭނެއެއްނު!⁠“ އީސާގެފާނާއި އެކުގައި ސަލީބަށް އެރުވުނު ދެ މީހުން ވެސް އެކަލޭގެފާނަށް މަލާމާތް ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 15:32
16 ပူးပေါင်းရင်းမြစ်များ  

ވީމާ އިބްރާހީމްގެފާނުން ފެށިގެން ދާއޫދުގެފާނާއި ހަމައަށް ސާދަ ޖީލު ހިމެނެއެވެ. އަދި ދާއޫދުގެފާނު ފެށިގެން އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައަށް ވެސް ސާދަ ޖީލު ހިމެނެއެވެ. އަދިހަމައެހެންމެ، އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައިން އަލްމަސީޙުގެ އުފަންވެވަޑައިގަތުމާއި ހަމައަށް ވެސް ސާދަ ޖީލު ވެއެވެ.


”⁠އޭނާ އެހެންމީހުން ސަލާމަތް ކޮށްދިން. އެހެނަސް އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ސަލާމަތެއް ނުކުރެވުނު. އޭނާއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމުގައި ވަނީނަމަ، އޭނާ ސަލީބުން ތިރިއަށް ފައިބާނެއެއްނު! އެއަށް ފަހު އަހަރެމެން އެކަން ގަބޫލު ކުރާނަން.


މިފަދައިން އީސާގެފާނާއެކު ސަލީބަށް އެރުވުނު ދެވަގުން ވެސް އެކަލޭގެފާނަށް މަލާމާތް ކުރަމުން ދިޔައެވެ.


އަދި އެކަލޭގެފާނުގެ ބޯފުޅާ ދިމާލު މަތީގައި އެކަލޭގެފާނަށް ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިއެވެ. އެލިޔުމުގައި މިފަދައިން ލިޔެވިފައިވިއެވެ. ”⁠ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


އަދި އެމީހަން އެކަލޭގެފާނާއި އެކުގައި ދެ ވަގުން ވެސް ސަލީބަށް އެރުވިއެވެ. އެ ދެމީހުން ސަލީބަށް އެރުވުނީ އެކަލޭގެފާނުގެ ދެ ފަރާތްޕުޅުގައެވެ.


ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


އެ ދެމީހުން ތެދުމަގުން އެއްކިބާވެ، މަރުވުމަށް ފަހު އަލުން ދިރުއްވުން އަތުވެއްޖެއޭ ކިޔާފައި މީސްތަކުންގެ މެދުގައި ފެތުރި ދޮގު ޚަބަރުތަކުން، އަހަރެމެންގެ ތެރެއިން އީމާންވީ ބައެއް ފަރާތްތަކުގެ އީމާންތެރިކަމާމެދު ނިޔަތް އަރާރުން ކުރުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ