Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 15:3 - ކިތާބުލް މުޤައްދަސާ

3 ބޮޑުއިމާމުންގެ އެތައް ވާހަކަތަކަކުން އީސާގެފާނުގެ އިސްތަށިފުޅުގައި ގިނަ ތުހުމަތުތަކެއް އަޅުއްވަމުން ގެންދެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 15:3
11 ပူးပေါင်းရင်းမြစ်များ  

ބޮޑުއިމާމުންނާއި ބޮޑުން އެކަލޭގެފާނާއިމެދު ތުހުމަތު ކުރައްވަމުން ގެންދެވި ހިނދުގައި ވެސް އެކަލޭގެފާނު ބަސްފުޅެއް ވިދާޅުނުވެ ހަނުހިމޭނުން ހުންނެވިއެވެ.


ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިބާ އެހެން ބުނެފީމު.⁠“


އެހެންވީމާ، ދެވަނަފަހަރަށް ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލޭ ޖަވާބެއް ނުދޭނަމުތަ؟ ކަލެއާއި މެދުގައި ތަފާތު ތުހުމަތުތައް ކުރާ ކަމުގެ އަޑު ކަލެއަށް ނީވޭތަ؟⁠“


ނަމަވެސް އީސާގެފާނު ބަސްފުޅު ވިދާޅުނުވެ ހަނުހިމޭނުން ހުންނެވުމުން ޕިލާތުސް ޙައިރާންވިއެވެ.


ދެން ޕިލާތުސް އީސާގެފާނު މިނިވަން ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠ތިޔަބޭފުޅާ މިމީހާ މިނިވަންކޮށްފިނަމަ ތިއީ ކައިސަރު ރަސްގެފާނަށް ހެޔޮއެދޭ މީހެއް ކަމަކަށް ނުވާނެ. އެހެނީ ރަސްކަލެއް ކަމުގައި ދައުވާ ކުރާ ކޮންމެ މީހަކީ ކައިސަރުގެ ދުޝްމިނެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ