Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 15:26 - ކިތާބުލް މުޤައްދަސާ

26 އަދި އެކަލޭގެފާނުގެ ބޯފުޅާ ދިމާލު މަތީގައި އެކަލޭގެފާނަށް ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިއެވެ. އެލިޔުމުގައި މިފަދައިން ލިޔެވިފައިވިއެވެ. ”⁠ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 15:26
14 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނުގެ ހިތެކޭ މާތްރަސްކަލާނގެ އިރާދަފުޅާ އެއްގޮތަށް ދެމެމުން އަންނަ ކޯރެކޭ ތަފާތެއް ނެތެވެ. މާތްރަސްކަލާނގެ އިރާދަ ކުރެއްވި ކޮޅަކަށް އެކޯރުގެ ފެންގަނޑު ދެމެމުން ދާނެއެވެ.


މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.⁠“


ސަލީބުގައި އެކަލޭގެފާނުގެ އިސްތަށިފުޅާއި ދިމާލު މަތީގައި އެކަލޭގެފާނު ތުހުމަތު ކުރައްވައި ލިޔުމެއް ބެހެއްޓިފައިވިއެވެ. އެ ލިޔުމުގައި މި ޢިބާރާތް ވެއެވެ. ”⁠މިއީ އީސާ، ބަނީއިސްރާއީލުންގެ ރަސްގެފާނޭ.⁠“


ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިބާ އެހެން ބުނެފީމު.⁠“


އަދި އެމީހަން އެކަލޭގެފާނާއި އެކުގައި ދެ ވަގުން ވެސް ސަލީބަށް އެރުވިއެވެ. އެ ދެމީހުން ސަލީބަށް އެރުވުނީ އެކަލޭގެފާނުގެ ދެ ފަރާތްޕުޅުގައެވެ.


ބަނީއިސްރާއީލުގެ މި ރަސްގެފާނު، މި އަލްމަސީޙު ސަލީބުން ފައިބައިގެން އަންނަތަން އަހަރެމެންނަށް ފެނި އަދި އޭނާއަށް އަހަރެމެން އީމާންވާން ޖެހޭނެއެއްނު!⁠“ އީސާގެފާނާއި އެކުގައި ސަލީބަށް އެރުވުނު ދެ މީހުން ވެސް އެކަލޭގެފާނަށް މަލާމާތް ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ