Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 15:24 - ކިތާބުލް މުޤައްދަސާ

24 އެއަށް ފަހު އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވިއެވެ. އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ލިބޭނީ ކާކަށްތޯ ބެލުމަށްޓަކައި ގުރުއަތުލަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 15:24
11 ပူးပေါင်းရင်းမြစ်များ  

އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”⁠ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.⁠“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.


އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.


ތިޔަބޭފުޅުންގެ ބަހަށް އީސާގެފާނު ސަލީބަކަށް މޮހޮރު ޖަހާ ހަރުކޮށް މަރާލި. ނަމަވެސް މާތްރަސްކަލާނގެ، އަޅުގަނޑުމެންގެ ކާބަފައިން ވެސް ހަމަ އެކަލާނގެއަކަށް އަޅުކަން ކުރި ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި.


އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”⁠މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.⁠“


އަހަރެމެންގެ ފާފަ ތައް ފޮހެދެއްވުމަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށް ވޭނާ ކުރިމަތިލައްވައި ސަލީބަށް އެރުވިދިޔައެވެ. އެހެންވީމާ އަހަރެމެން ފާފަ ކުރުން ހުއްޓާލައި ޞާލިޙު ގޮތުގައި ޙަޔާތް ވޭތުކުރަމާހިނގާށެވެ. ތިޔަބައިމީހުންނަށް މި ފަސޭހަކަން ލިބިދިނީ އެކަލޭގެފާނުގެ ޒަޚަމްތަކުންނެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ