Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 15:21 - ކިތާބުލް މުޤައްދަސާ

21 އެބައިމީހުން އެކަލޭގެފާނު ސަލީބަށް އެރުވުމަށް ގެންދެވި މަގުމަތީގައި އެހެން އައި ޒައިރީނުގެ ރައްޔަތެއް ކަމުގައިވާ ޝަމްއޫނު އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ކުރިއަށް ދިއުމަށް އޭނާއަށް ސިފައިން މަޖުބޫރު ކުރިއެވެ. (މި ޝަމޫނު އަކީ އިސްކަންދަރާއި ރޫފުސްގެ ބައްޕަވެސް މެއެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 15:21
12 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ސަލީބަށް އެރުވުމަށް ޓަކައި ގެންދެވުނު މަގުމަތީގައި ޒައިރީން ރަށުގެ ޝަމްއޫނުއޭ ކިޔާމީހަކާ ދިމާވިއެވެ. ދެން ސިފައިން އޭނާއަށް މަޖްބޫރުކޮށްގެން އީސާގެފާނުގެ ސަލީބު އޭނާ ލައްވާ އުފުލިއެވެ.


މީހަކު އޭނާ އާއި އެކުގައި މޭލެއްގެ ދުރުމިނަށް ތިބާ ދިއުމަށް މަޖުބޫރު ކޮށްފިނަމަ ދެމޭލުގެ ދުރުމިނަށް އޭނާ އާއި އެކުގައި ދޭ.


މިކަންތައްތައް އެބައިމީހުން މި ގޮތަށް ކުރުމަށް ފަހު އެކަލޭގެފާނަށް މަލާމަތް ކުރައްވާ އަދި އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތުރުކުރެއްވި ދަނބު ކުލައިގެ ރިދާކޮޅު ބާލުއްވައި އެކަލޭގެފާނު ކުރިން ވެސް ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި ބެހެއްޓެވިއެވެ. އެއަށް ފަހު އެކަލޭގެފާނު ސަލީބަށް އެރުވުމަށްޓަކައި އެބައިމީހުން އެކަލޭގެފާނު ގެންދެވިއެވެ.


އަހަރެންގެ ބަސްތައް އަޑުއަހާ އެއަށް އީމާންވާ މީހުންނަކީ އެކަމުގެ ސަބަބުން އެމީހުންނަށް މަރުގެ އަދަބު ލިބި އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް އެކަމަށް ތައްޔާރުގައި ވާންޖެހޭނެ ބައެއް. އެފަދައިން ނުވާ މީހަކަށް އަހަރެންގެ އަސްޙާބީ އަސްޙާބީންނަކަށް ނުވެވޭނެ.


ރޯމުގެ ސިފައިން އީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކައި ރަށް ބޭރަށް ގެންދިޔައެވެ. އެބައިމީހުން ދިޔަ މަގުމަތީ ޝަމްއޫނު އޭ ކިއުނު ޒައިރީން ރަށުގެ މީހަކާއި ދިމާވިއެވެ. މީނާ އެމަގުން ދަތުރު ކޮށް ދިޔައީ ޖެރޫސަލަމަށް ދިއުމަށްޓަކައެވެ. ބައެއް ސިފައިންގެ މީހުން އޭނާ ގަދަ ކަމުން ގެނެސް އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ދިއުމަށް މަޖުބޫރު ކުރިއެވެ.


އެމީހުން އީސާގެފާނު އެރުވުމަށް ހެދި ސަލީބު ހިއްޕަވައިގެން ”⁠ގޮލުގޮތާ⁠“ ޢިބްރާނީ ބަހުން ބޮލުގެ ނާށިގަނޑުގެ މަޤާމޭ ކިޔުނު އުސްބިމަށް އީސާގެފާނު އަރައި ވަޑައިގެންނެވިއެވެ.


ދެން ސައިޕުރަސް އާއި ޒައިރީނުން އަންތީޔޮކުއަށް ދިޔަ އީސާގެފާނަށް އީމާންވެގެންވީ މީހުން އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް މާތް ސާހިބާ އީސާގެފާނާއި ބެހޭ ހެޔޮޚަބަރުފުޅު އަންގައިދީ އެކަލޭގެފާނުގެ ބަސްފުޅުތައް ކިޔާދީ ހެދިއެވެ.


އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.


ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”⁠މިނިވަން ފިރިހެނުން⁠“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ