މަރުކުސް 15:19 - ކިތާބުލް މުޤައްދަސާ19 އީސާގެފާނުގެ ހަށިކޮޅަށް އެ ބައިމީހުން ކުޅު ޖަހައި އެ ބައިމީހުން އެކަލޭގެފާނުގެ ކުރިފުޅުމަތީ މަލާމާތްކުރުމުގެ ގޮތުން ކަކޫމައްޗަށް ތިރިވެ ހަދައި، އެތައްފަހަރެއްގެ މަތިން އެ ސިފައިންތައް އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދަނޑިބުރިން ތަޅައި އަނިޔާކުރަމުން ދިޔައެވެ. အခန်းကိုကြည့်ပါ။ |
އަދި އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނުގެ ހަށިކޮޅަށް ކުޅުޖަހައި އެކަލޭގެފާނު ކަނުބެންނެވުމަށް ފަހު އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި އެކަލޭގެފާނަށް ބުނަމުން ދިޔައެވެ. ”ނަބީބޭކަލެއް ވެއްޖިއްޔާ ބުނެބަލަ! ކާކު ޖެހިހެން ހީވަނީ!“ އަދި އެތަނުގައި ތިބި ފާރަވެރިން އެކަލޭގެފާނު ގެންދަވާ ތަޅައި އަނިޔާ ކުރަން ފެށިއެވެ.
މިކަންތައްތައް އެބައިމީހުން މި ގޮތަށް ކުރުމަށް ފަހު އެކަލޭގެފާނަށް މަލާމަތް ކުރައްވާ އަދި އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތުރުކުރެއްވި ދަނބު ކުލައިގެ ރިދާކޮޅު ބާލުއްވައި އެކަލޭގެފާނު ކުރިން ވެސް ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި ބެހެއްޓެވިއެވެ. އެއަށް ފަހު އެކަލޭގެފާނު ސަލީބަށް އެރުވުމަށްޓަކައި އެބައިމީހުން އެކަލޭގެފާނު ގެންދެވިއެވެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ހަމަ ޔަޤީނުން އެންމެފުރަތަމަ ވަޑައިގަންނަވާނީ އިލްޔާސްގެފާނު. އެއީ އެންމެހާ ކަންތައްތައް ތައްޔާރު ކުރައްވައި ތަރުތީބު ކުރެއްވުމަށް. ދެން އެހެންވިއްޔާ، މީސްތަކުން އިންސާނާގެ ދަރިކަލުން ގަބޫލުނުކޮށް ވޭނާ އަނިޔާ ދޭނެ ކަމަށް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ ކީއްވެ؟