Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 15:18 - ކިތާބުލް މުޤައްދަސާ

18 އެއަށް ފަހު އެބައިމީހުން ގޮވަމުން ގެންދިޔައެވެ. ”⁠ޒިންދާބާދު، ބަނީއިސްރާއީލުގެ ރަސްގެފާނު!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 15:18
11 ပူးပေါင်းရင်းမြစ်များ  

ޔޫސުފުގެފާނު އެކަލޭގެފާނަށް ފެނިވަޑައިގެންނެވި މި ހުވަފެންފުޅުގެ ވާހަކައިން އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަހަރު ޚަބަރު ދެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަފައިކަލުން މިފަދައިން އަޑުލެއްވިއެވެ. ”⁠ތިޔައީ ކޮންފަދަ ހުވަފެނެއް؟ އަހަރެންނާއި ތިބާގެ މައިމީހާގެ އިތުރުން ތިބާގެ އެންމެހާ އަޚުން ތިބާގެ ކުރިމައްޗަށް އައިސް ގުދުވެ ކުރުނީސް ކުރާނެކަމަށް ތިބާ ގަބޫލުކުރަމުތަ؟⁠“


އެކަލޭގެ މަރާލާފައި އެކަލޭގެ ހަށިގަނޑު މިތަނުން ވަޅަކަށް ވައްޓާލަމާ ހިނގާ. އަހަރެމެން ބަފައިކަލުން އަރިހަށް ގޮސް ދަންނަވާނީ ވަލުޖަނަވާރެއް އައިސް އެކަލޭގެ މަރައި ކާލައިފިކަމުގައި. އޭރުން އެނިމުނީނު؟ ދެން އެކަލޭގެ ހުވަފެންތަކަށް ވާގޮތެއް ވެސް އެނގިދާނެތާ.⁠“


އަދި ކަށިފަޅާފައި ހުރި އޮފިގަނޑަކުން ތާޖެއް ހަދައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުއްވައި ކަނައަތްޕުޅަށް ދިގު ދަނޑި ބުރިއެއް ދެއްވާފައި ބެހެއްޓެވިއެވެ. ދެން އެބައިމީހުން އެކަލޭގެފާނަށް މަލާމާތުގެ ގޮތުން ކުރުނީސްކޮށް ގޮވަމުން ގެންދިޔައެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު! މަރުޙަބާ!⁠“


އެބައިމީހުން ދަނބު ކުލައިގެ ރިދާކޮޅެއް އީސާގެފާނުގެ ހަށިކޮޅުގައި ތުރުކުރައްވައި ތޫނު ކަށިތަކުން އެކުލެވިގެންވާ ވެޔޮ ގަނޑަކުން ތާޖެއް ހެދުމަށް ފަހު އީސާގެފާނުގެ ބޯފުޅުގައި އެ ތާޖު ބެހެއްޓިއެވެ.


އީސާގެފާނުގެ ހަށިކޮޅަށް އެ ބައިމީހުން ކުޅު ޖަހައި އެ ބައިމީހުން އެކަލޭގެފާނުގެ ކުރިފުޅުމަތީ މަލާމާތްކުރުމުގެ ގޮތުން ކަކޫމައްޗަށް ތިރިވެ ހަދައި، އެތައްފަހަރެއްގެ މަތިން އެ ސިފައިންތައް އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދަނޑިބުރިން ތަޅައި އަނިޔާކުރަމުން ދިޔައެވެ.


ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިބާ އެހެން ބުނެފީމު.⁠“


ދެން އެމީހުން އައިސް ބުންޏެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނަށް މަރުހަބާ!⁠“ މިހެން ބުނެފައި ގޮސް އެމީހުން އެކަލޭގެފާނުގެ މޫނުފުޅު މަތީގައި ތަޅައިގަތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ