17 އެބައިމީހުން ދަނބު ކުލައިގެ ރިދާކޮޅެއް އީސާގެފާނުގެ ހަށިކޮޅުގައި ތުރުކުރައްވައި ތޫނު ކަށިތަކުން އެކުލެވިގެންވާ ވެޔޮ ގަނޑަކުން ތާޖެއް ހެދުމަށް ފަހު އީސާގެފާނުގެ ބޯފުޅުގައި އެ ތާޖު ބެހެއްޓިއެވެ.
އެއަށް ފަހު ގަވަރުނަރުގެ ގަނޑުވަރުގެ ފާރަވެރިންގެ ގޮތުގައި ވީ ޚާއްޞަ ސިފައިން އެ ގަނޑުވަރުގެ ގޯތިތެރެއަށް އީސާގެފާނު ގެންދެވިއެވެ. އަދި އެތާނގައި ތިބި އެހެނިހެން ސިފައިންގެ ފައުޖުތައް އައުމަށް ވެސް އެންގިއެވެ.
އެއަށް ފަހު އެބައިމީހުން ގޮވަމުން ގެންދިޔައެވެ. ”ޒިންދާބާދު، ބަނީއިސްރާއީލުގެ ރަސްގެފާނު!“
ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ.