Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 15:14 - ކިތާބުލް މުޤައްދަސާ

14 އެ ހިނދު ޕިލާތުސް ބުންޏެވެ. ”⁠އޭނާ ކުރީ ކޮން ކުށެއް؟⁠“ ހިނދެއް ހިނދަކަށް މީސްތަކުންގެ އަޑުގަދަވެ ގޮވަމުން ދިޔައެވެ. ”⁠އޭނާ ސަލީބަށް އަރުވާ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 15:14
24 ပူးပေါင်းရင်းမြစ်များ  

ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


”⁠މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.⁠“ އިމާމުން ޖަވާބުގައި ބުންޏެވެ. ”⁠ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟⁠“


ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”⁠ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.⁠“


އެ މީސްތަކުން ހަޅޭލަވާ ގޮވަމުން ދިޔައެވެ. ”⁠އޭނާ ސަލީބަށް އަރުވާ!⁠“


އެއްވެފައިވާ މީސްތަކުންގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ޕިލާތުސް ބަރައްބާސް މިނިވަން ކޮށްދިނުމަށް ފަހު އީސާގެފާނުގެ ހަށިކޮޅުގައި ޗާބޫކުން ތެޅުމަށް ބުނެ ސަލީބަށް އެރުމަށްޓަކައި ސިފައިންނާއި ޙަވާލު ކުރިއެވެ.


ނަމަވެސް އެމީސްތަކުން ހަޅޭއްލަވަމުން ގެންދިޔައެވެ. ”⁠އޭނާ ސަލީބަށް އަރުވާ. އޭނާ ސަލީބަށް އަރުވާ.⁠“


ދެން ޕިލާތުސް ބޮޑު އިމާމުންނަށާއި އަދި އެތާނގައި ތިބި ހުރިހާ މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް ފެންނަ ގޮތުގައި މީނާ ސަރުކާރުގެ ގަވާއިދާއި ޚިލާފް ވާ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވޭ.⁠“


އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މި ގޮތަށް މަރުވުން ޙައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.⁠“


މިކަންތައްތަކާއި ހަވާލު ވެގެން ހުރި ރޯމުގެ ސިފައިންގެ އޮފިސަރު ބުންޏެވެ. ”⁠މިމީހާއަކީ އެއްވެސް ކުށެއްނެތް ރަނގަޅު މީހެއް ކަން ހަމަ ޔަޤީން.⁠“ މިފެނި ދިޔަ ހުރިހާ ކަންތައްތަކެއްގެ ސަބަބުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ.


ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”⁠އެހެންވިއްޔާ ތެދަކީ ކޮބާ؟⁠“ ދެން ޕިލާތުސް ބޭރަށް ނުކުމެ އެތާނގެ ބޭރުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް މިމީހާގެ އެއްވެސް ކުށެއް ނުފެނުނު.


ބޮޑު އިމާމުންނަށާއި އަދި ބައިތުލް މަޤްދިސްގެ ސިފައިންނަށް އީސާގެފާނު ފެނުމުން އެމީހުން ހަޅޭއްލަވާ ގޮވަން ފެށިއެވެ. ”⁠އޭނާ ސަލީބަށް އަރުވާ! އޭނާ ސަލީބަށް އަރުވާ!⁠“ ދެން ޕިލާތުސް ބުންޏެވެ. ”⁠ކަލޭމެން އޭނާ ސަލީބަށް އަރުވާ! އަހަރެންނަކަށް އޭނާއަށް އަދަބެއް ދޭން ޖެހޭ އެއްވެސް ކަމެއް ނުފެނުނު!⁠“


އެމީހުންނަށް އެކަލޭގެފާނު ކުށްވެރިކުރެވޭނެ އެއްވެސް ސަބަބެއް ނުފެނުނު ނަމަވެސް އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ އީސާގެފާނަށް މަރުގެ އަދަބު ދިނުމަށް.


ނަމަވެސް މީސްތަކުންނަށް މި އިސްކަންދަރަކީ ބަނީއިސްރާއީލު މީހެއްކަން އެނގުމުން ދެ ގަޑިއިރު ވަންދެން ހުއްޓުމެއް ނެތި އެއް އަޑުން އެފޭސުސްގެ އަރުތޭމިސް ކަލާނގެ މަތިވެރިއޭ ކިޔާ ހަޅޭއްލަވަމުން ގެންދިޔައެވެ.


އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ.


އެކަލާނގެ ބަދަލު ދެއްވީ ފާފަވެރިކަމެއް ނެތް ސާފު، އެކަލާނގެ ޅަކަންބަޅީގެ ލޭފޮދު ކަމުގައި ވީ އަލްމަސީޙުގެ މަތިވެރި ލޭ ފޮދުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ