Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:70 - ކިތާބުލް މުޤައްދަސާ

70 މިފަހަރު ވެސް ޕަތަރަސް އެކަމާ އިންކާރު ކުރިއެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން އެތަނުގައި ތިބި މީސްތަކުން ޕަތަރަސްއާއިމެދު ތުހުމަތުކޮށް ބުންޏެވެ. ”⁠ހަމަޔަޤީން. ކަލެއަކީ ވެސް އޭނާއާއި އެކުގައިވާ މީހެއް. ސަބަބަކީ ކަލެއަކީ ވެސް ގަލީލީން އައިމީހެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:70
8 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅު ހަދައި ބުންޏެވެ. ”⁠އަހަންނަކަށް ނޭނގެ ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގުނު.⁠“ މިފަދައިން ޖަވާބު ދިނުމަށް ފަހު ޕަތަރަސް އެތަނުން ބޭރަށް ދިއުމަށްޓަކައި ވަންނަ ދޮރުގެ ކައިރިއަށް ދިޔައެވެ. އެވަގުތު ހާލެއް ގޮވިއެވެ.


އަދި ޕަތަރަސް އެތަނުގައި ހުއްޓާ އެ ނޯކަރު އަންހެނާއަށް ޕަތަރަސް ފެނިގެން އެތަނުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠މިހިރީ ވެސް އޭނާ އާއި އެކުގައި ވީ މީހެއް!⁠“


ދެން ޕަތަރަސް ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފައި ބުނާ މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ކަލޭމެން ތިޔަ ވާހަކަ ދައްކާ މީހާއެއް އަހަރެންނަކަށް ނޭނގެ!⁠“


އެމީހުން މި ކަންތައްތަކުން ހައިރާންވެ ބުންޏެވެ. ”⁠މި ވަނީ ކިހިނެއް؟ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން މިހާ ފުރިހަމަކޮށް ވާހަކަ ދައްކާ މިއެންމެންނަކީ ގަލީލީގެ މީހުންނެއް ނޫންތަ؟ އަހަރެމެންނަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން. އެކަމަކު އަހަރެމެންނަށް މިއިވެނީ އަހަރެމެންގެ އަމިއްލަ ބަސްތަކުން މިމީހުން ވާހަކަ ދައްކާ އަޑު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ