Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:7 - ކިތާބުލް މުޤައްދަސާ

7 ތިޔަބައިމީހުންނާއިއެކު އަބަދުވެސް ފަގީރުންވާނެ. އަދި ބޭނުން ވަގުތެއްގައި އެމީހުންނަށް އެހީތެރިވެވިދާނެ. ނަމަވެސް ތިޔަބައިމީހުންގެ ކައިރީގައި އަބަދަށް އަހަރެން ނުހުންނާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:7
14 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނާއި އެކުގައި އަބަދުވެސް ފަޤީރުން ވާނެ. ނަމަވެސް ތިޔަބައިމީހުންނާއި އެކުގައި އަބަދަކު އަހަރެންނެއް ނުހުންނާނެ.


ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އެ ކަނބުލޭގެ އެކަން ކުރުމަށް ދޫކޮށްލާ! އެކަނބުލޭގެއާ ދިމާކުރަނީ ކީއްވެ؟ އަހަރެންނަށްޓަކައި އެކަނބުލޭގެ ކޮށްދެމުން އެގެންދަނީ ވަރަށް އެއްވަނައިގެ ކަމެއް.


ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ.


އަހަރެން ދުނިޔެއަށް އައީ ބައްޕާފުޅުގެ ފަރާތުން. އަދި އަހަރެން ދުނިޔެއިން އެނބުރި މި ދަނީ ވެސް ބައްޕާފުޅުގެ އަރިހަށް.⁠“


”⁠ނަމަވެސް މިހާރު އަހަރެން އެނބުރި މިދަނީ އަހަރެން ފޮނުއްވި ފަރާތުގެ އަރިހަށް. އެކަމަކު ތިޔައިގެ ތެރެއިން އެކަކު ވެސް އަހަރެން މިދަނީ ކޮންތާނކަށްތޯ އަހާ މިހާރު ސުވާލެއް ނުކުރި.


މިހާރު އަޅުގަނޑު މިދަނީ އިނބަރަސްކަލާނގެ ޙަޟްރަތަށް. އަޅުގަނޑަކީ މިހާރު ދުނިޔޭގައި ނެތް މީހެއް. އެކަމަކު އެމީހުން އެ ވަނީ މި ދުނިޔޭގައި. ކީރިތި ބައްޕާފުޅު! އަޅުގަނޑަށް ދެއްވި އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުން އެމީހުންނަށް ރައްކާތެރިކަން ދެއްވާށި! އެއީ އިނބަރަސްކަލާނގެއާއި އަޅުގަނޑަކީ އެކައްޗެއް ކަމުގައި ވާ ފަދައިން އެމީހުންނަކީ ވެސް އެކައްޗެއް ކަމުގައި ވުމަށް.


ނަމަވެސް މާތްރަސްކަލާނގެ މާކުރިން ސުރެ ވެސް ރަސޫލުންނާއި ނަބީން މެދުވެރިކުރައްވާ އެންގެވި ފަދައިން އެކަލާނގެ ދުނިޔޭގެ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާ އާކުރައްވަންދެން އީސާގެފާނު އެނބުރި ދުނިޔެއަށް ވަޑައިނުގަތް ސުވަރުގޭގައި މަޑުކުރައްވާނެ.


މަގޭ އެކުވެރިޔާއެވެ. ތިބާގެ ލޯބި އަހަންނަށް އުފާވެރިކަން ގެނެސްދީ ވަރުގަދަ ހިތްވަރެއް ގެނުވައެވެ. ސަބަބަކީ ތިބާގެ އޯގާތެރިކަން މަސީޙީންގެ ހިތްތަކަށް އުފާވެރިކަމާއި ތާޒާކަން ގެނެސްދޭތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ