Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:69 - ކިތާބުލް މުޤައްދަސާ

69 އަދި ޕަތަރަސް އެތަނުގައި ހުއްޓާ އެ ނޯކަރު އަންހެނާއަށް ޕަތަރަސް ފެނިގެން އެތަނުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠މިހިރީ ވެސް އޭނާ އާއި އެކުގައި ވީ މީހެއް!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:69
7 ပူးပေါင်းရင်းမြစ်များ  

އަދި އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވާނީ ބަލިކަށިވެގެން.⁠“


ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅު ހަދައި ބުންޏެވެ. ”⁠އަހަންނަކަށް ނޭނގެ ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގުނު.⁠“ މިފަދައިން ޖަވާބު ދިނުމަށް ފަހު ޕަތަރަސް އެތަނުން ބޭރަށް ދިއުމަށްޓަކައި ވަންނަ ދޮރުގެ ކައިރިއަށް ދިޔައެވެ. އެވަގުތު ހާލެއް ގޮވިއެވެ.


މިފަހަރު ވެސް ޕަތަރަސް އެކަމާ އިންކާރު ކުރިއެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން އެތަނުގައި ތިބި މީސްތަކުން ޕަތަރަސްއާއިމެދު ތުހުމަތުކޮށް ބުންޏެވެ. ”⁠ހަމަޔަޤީން. ކަލެއަކީ ވެސް އޭނާއާއި އެކުގައިވާ މީހެއް. ސަބަބަކީ ކަލެއަކީ ވެސް ގަލީލީން އައިމީހެއް.⁠“


ތަންކޮޅެއް ފަހުން އެހެންމީހަކަށް ޕަތަރަސް ފެނިފައި ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އެމީހުންގެ މީހެއް.⁠“ ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠އޭ ފިރިހެނާ. އަހަރެން މިއީ އެމީހުންގެ މީހެއް ނޫން.⁠“


އެ އަންހެންކުއްޖާ ޕަތަރަސްއަށް ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އޭނާއާއި އެއްކޮށް އުޅޭ އަސްޙާބީންގެ ތެރެއިން މީހެއް ނޫންތަ؟⁠“ ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަހަރެން މިއީކީ އޭގެ މީހެއް ނޫން.⁠“


އެވަގުތު ޝަމްއޫނު ޕަތަރަސް ހީކަރުވާތީ އެތާނގައި ހުރި އަލިފާންގަނޑުގެ ކައިރީގައި ހުއްޓާ މީހަކު ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އީސާގެފާނާއި އެއްކޮށް އުޅޭ އަސްޙާބީންގެ މީހެއް ނޫންތަ؟⁠“ ޕަތަރަސް ބުންޏެވެ. ”⁠އަހަރެން މީ އޭނާޔާ އެއްކޮށް އުޅޭ މީހެއް ނޫން.⁠“


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެންގެ ތެރެއިން މީހަކު ފާފައެއް ކޮށްފިނަމަ، މާތްރޫޙުފުޅުގެ ބާރުގެ ދަށުގައިވާ މީހަކު އެމީހާއަށް އޯގާތެރި ކަމާއި އެކު އެހީވެ އެމީހަކު ރަނގަޅު ކުރުވާށެވެ. މީހަކު ފާފައެއްގެ ތެރެއަށް ވެއްޓިދާނެއެވެ. ވީމާ ކަލޭމެން ވެސް ވަރަށް ބަލައިގެން އުޅޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ