66 އޭރުން ސުރެން ޕަތަރަސް އުއްތަމަ އިމާމުގެ ގޯތިތެރޭގައި އިށީނދެގެން އިނެވެ. އެ ހިނދު އުއްތަމަ އިމާމުގެ ނޯކަރު އަންހެނަކު އައެވެ.
އެ ހިނދު ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން އުއްތަމަ އިމާމު ކައިފާސްގެ ގަނޑުވަރަށް އެއްތަންވިއެވެ.
ޕަތަރަސް ދުރުދުރުން އީސާގެފާނުގެ ފަސްފަހަތުން ދިޔައެވެ. އަދި އުއްތަމަ އިމާމުގެ ގަނޑުވަރުގެ ގޯތި ތެރެއަށް ވަނެވެ. އޭނާ އެގަނޑުވަރުގެ ތެރެއަށް ވަދެ ފާރަވެރިންގެ ތެރޭގައި އިށީނެވެ. އަދި އީސާގެފާނާއި މެދު ކަންތައްތައް ހިނގައިދާ ގޮތް ބަލަން އެތަނުގައި އިނެވެ.
ޕަތަރަސް ކުޑަ ތަންކޮޅެއް ދުރުން މިކަންތައްތައް ބަލަމުން ގޮސް އުއްތަމަ އިމާމުގެ ގޯތިތެރެއަށް ވަނެވެ. އެތަނުގައި އިށީނދެގެންތިބި ފާރަވެރިންގެ ކައިރީގައި އޭނާ އިށީނދެ އެތަނުގައި ރޯކުރެވިފައިވީ އަލީފާނުން އޭނާގެ ހަށިގަނޑަށް ހޫނު ކުރަމުން ގެންދިޔައެވެ.