Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:65 - ކިތާބުލް މުޤައްދަސާ

65 އަދި އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނުގެ ހަށިކޮޅަށް ކުޅުޖަހައި އެކަލޭގެފާނު ކަނުބެންނެވުމަށް ފަހު އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި އެކަލޭގެފާނަށް ބުނަމުން ދިޔައެވެ. ”⁠ނަބީބޭކަލެއް ވެއްޖިއްޔާ ބުނެބަލަ! ކާކު ޖެހިހެން ހީވަނީ!⁠“ އަދި އެތަނުގައި ތިބި ފާރަވެރިން އެކަލޭގެފާނު ގެންދަވާ ތަޅައި އަނިޔާ ކުރަން ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:65
17 ပူးပေါင်းရင်းမြစ်များ  

އަދި އެކަލޭގެފާނުގެ ހަށިކޮޅަށް އެބައިމީހުން ކުޅުޖަހައި އެކަލޭގެފާނުގެ އަތްޕުޅަށް ދީފައިވާ ދިގު ދަނޑިބުރި ދަމައިގަނެ އޭގެން އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތެޅިއެވެ.


އެބައިމީހުން އޭނާއަށް މަލާމާތްކޮށް ހީނހަދައި އޭނާ ގަޔަށް ކުޅުޖަހާނެ. އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތަޅުމަށް ފަހު މަރާލާނެ. އަކަމަކު ތިން ދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“


އީސާގެފާނުގެ ހަށިކޮޅަށް އެ ބައިމީހުން ކުޅު ޖަހައި އެ ބައިމީހުން އެކަލޭގެފާނުގެ ކުރިފުޅުމަތީ މަލާމާތްކުރުމުގެ ގޮތުން ކަކޫމައްޗަށް ތިރިވެ ހަދައި، އެތައްފަހަރެއްގެ މަތިން އެ ސިފައިންތައް އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދަނޑިބުރިން ތަޅައި އަނިޔާކުރަމުން ދިޔައެވެ.


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު ބައިތުލް މަޤްދިސްގެ ސިފައިންގެ މީހަކު އީސާގެފާނުގެ މޫނުފުޅު މަތީގައި ޖެހިއެވެ. އަދި ބުންޏެވެ. ”⁠އުއްތަމަ އިމާމާއި ތިޔަ ގޮތަށް ވާހަކަ ނުދައްކާ!⁠“


ދެން އެމީހުން އައިސް ބުންޏެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނަށް މަރުހަބާ!⁠“ މިހެން ބުނެފައި ގޮސް އެމީހުން އެކަލޭގެފާނުގެ މޫނުފުޅު މަތީގައި ތަޅައިގަތެވެ.


ޕައުލް މިހެން ބުނި އަޑު ހަމަ އިވުމާއި އެކު އުއްތަމަ އިމާމު އަނާނިޔާހު ޕައުލްއާއި ކައިރީގައި ވީ މީހުންނަށް އޭނާގެ އަނގަމަތީގައި ޖެހުމަށް އެންގިއެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ