Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:61 - ކިތާބުލް މުޤައްދަސާ

61 އެހެނަސް އީސާގެފާނު ޖަވާބެއް ނުދެއްވާ ހަނުހިމޭނުން ހުންނެވިއެވެ. އަނެއް ފަހަރު އުއްތަމަ އިމާމު އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ އަހަރެމެން އަޅުކަންކުރާ މަތިވެރި ފަރާތުގެ ދަރިކަލުން އަލްމަސީޙު ތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:61
30 ပူးပေါင်းရင်းမြစ်များ  

ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠ކަލޭގެފާނީ އަލްމަސީޙު. ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ދަރިކަލުން.⁠“


އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންނީ ތިމަންކަލާނގެ ނުހަނު ހިތްޕުޅާހަމަވާ ދަރިކަލުން!⁠“


ކުއްލިއަކަށް އެބައިމީހުން ހަޅޭލަވަން ފެށިއެވެ. ”⁠އޭ މާތްރަސްކަލާނގެ ދަރިކަލުން، އަޅުގަނޑުމެންގެ ކިބައިން ކަލޭގެފާނު އެދިވަޑައިގަންނަވަނި ކޮންކަމެއް؟ މާތްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުގެ ކުރިން ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަޅުގަނޑުމެންނަށް ޢުޤޫބާތް ދެއްވުމަށްތޯ؟⁠“


ދެން އުއްތަމަ އިމާމު ތެދުވެގެން އައިސް އެންމެނާއި ކުރިމަތިލައިގެން ހުރެ އީސާގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއާއި ދެކޮޅަށް އެބައިމީހުން އުފުލަމުން ދާ ތުހުމަތާއިމެދު ކަލޭ ދޭނޭ ޖަވާބެއް ނެތްތަ؟⁠“


ޕިލާތުސް އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ ބަނީއިސްރާއީލުންގެ ރަސްގެފާނުތަ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ތިބާ އެހެން ބުނެފީމު.⁠“


އީސާގެފާނާއި މެދު މިފަދައިން ކަންތަން ހިނގާ ދިޔަތަން އަހަރެން ދުށިން. އެހެން ކަމުން އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަގޮތެއްގައި ހޮއްވެވި ބޭކަލެއް ކަމަށް އަހަރެން ހެކިވަން.⁠“


އެވަގުތު ބަނީއިސްރާއީލުގެ ވެރިން އެކަލޭގެފާނު ވަށާލައި ކުރި ބައްދާފަ ބުންޏެވެ. ”⁠ކަލޭ ތިޔަ އުޅެނީ އަހަރެމެން މި ގޮތަށް ޝައްކުމަތީ ކިހާ ދުވަހަކު ބައިތިއްބަން ކަމަށްތަ؟ ކަލޭ ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ނަމަ ސާފުކޮށް ބުނެބަލަ.⁠“


އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟


އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”⁠އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.⁠“


ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އަހަރެމެންގެ ދީނުގެ ގަވާއިދުތަކުގެ މަތިން އޭނާއަށް މަރުގެ ޙުކުމް ކުރަން ޖެހޭނެ. އެއީ ތިމަން މިއީ މާތްރަސްކަލާނގެ ދަރިކަލުންނޭ އޭނާ ބުނި.⁠“


ދެން އޭނާ އަނެއްކާވެސް އެތެރެއަށް ވަދެ އީސާގެފާނާއި ސުވާލު ކުރިއެވެ. ”⁠ކަލޭ އައީ ކޮންތާނކުން؟⁠“ ނަމަވެސް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވިއެވެ.


އެ ފޮތުން އޭނާ ކިޔަމުން ދިޔައީ މި އާޔަތް ތަކެވެ. ”⁠އެކަލޭގެފާނު ކަތިލަން ގެންދެވުނު ކަންބަޅި ބަކަރިއެއް ފަދައިން ގެންދެވުނެވެ. ކަންބަޅި ބަކަރިއެއްގެ ކެހެރިތައް ބާލާއިރު އޭތި މަޑު މަޑުން އޮންނަ ފަދައިން އެކަލޭގެފާނު އެއްވެސް ބަހެއްނުބުނެ މަޑުން ހުންނެވިއެވެ.


މި ހެޔޮޚަބަރުފުޅުގެ އިލްމު އަހަރެންނާ މަތިކުރައްވާފައި ވަނީ އެ ބަރަކާތްތެރި ޖަލާލުވަންތަ ކަލާނގެ ކިބަފުޅުންނެވެ.


ބަރަކާތް ލިބިގެންވާ ހަމައެކަނި ޙާކިމު ކަމަށްވާ މާތްރަސްކަލާނގެ އިރާދަ ކުރައްވާ ކޮންމެ ވަގުތެއްގައި ވެސް އީސާ އަލްމަސީޙު، ސުވަރުގެއިން މި ދުނިޔެއަށް ފޮނުއްވައި ފައުޅު ކުރައްވައިފާނެއެވެ. މާތްކަލާނގެއީ ރަސްރަސްކަލުންގެ ރަސްކަލާނގެ އެވެ. އަދި ސާހިބުންގެ ސާހިބުވަންތަ ކަލާނގެ އެވެ.


އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ