Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:6 - ކިތާބުލް މުޤައްދަސާ

6 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އެ ކަނބުލޭގެ އެކަން ކުރުމަށް ދޫކޮށްލާ! އެކަނބުލޭގެއާ ދިމާކުރަނީ ކީއްވެ؟ އަހަރެންނަށްޓަކައި އެކަނބުލޭގެ ކޮށްދެމުން އެގެންދަނީ ވަރަށް އެއްވަނައިގެ ކަމެއް.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:6
23 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެމީހުންގެ ވިސްނުން ދެނެވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠މި އަންހެނާގެ އަމަލުތަކާއި މެދު ތިޔަބައިމީހުން ކަންތައް ބޮޑުވާންވީ ކީއްވެ؟ އަހަރެންނަށް ޓަކައި އެކަނބުލޭގެ އެ ކުރީ ނުހަނު ރަނގަޅު އަދި އެހާމެ ހެޔޮ ކަމެއް.


ތިން ސަތޭކަ ދީނާރަށް ވުރެން ބޮޑު އަގެއްގައި އެ ހުވަނދުފުޅި ވިއްކާލެވޭނެ. އަދި އެފައިސާ ފަގީރުންނަށް ދެވޭނެ!⁠“ އަދި އެބައިމީހުން މިކަމާއި އޭނާއަށް ވަރަށް ހަރުކަށިކޮށް ފާޑުކިޔައި ހެދިއެވެ.


ތިޔަބައިމީހުންނާއިއެކު އަބަދުވެސް ފަގީރުންވާނެ. އަދި ބޭނުން ވަގުތެއްގައި އެމީހުންނަށް އެހީތެރިވެވިދާނެ. ނަމަވެސް ތިޔަބައިމީހުންގެ ކައިރީގައި އަބަދަށް އަހަރެން ނުހުންނާނެ.


ޖައްފާ އޭކިޔުނު ރަށުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރާ ތަބިތާ އޭ ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ގުރީކު ނަމަކީ ދޯރުކާ އެވެ. އޭގެ މާނައަކީ ފުއްލާއެވެ. މީނާ އަކީ މީހުންނަށް ހެޔޮކޮށްހިތުމުގެ ގޮތުން ފަގީރުންނަށް ކަންތައްތައް ކޮށްދީ އުޅުނު މީހެކެވެ.


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


އެމީހުންނަށް ދެއްވި އެ މުއްސަނދިކަން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބުނެދޭށެވެ. ހެޔޮ އަމަލުތަކުގެ ސަބަބުން މުއްސަނދި ވެފައިވާނަމަ ދީލަތިކަމާއެކު ކަމަކަށް ބޭނުން ވެފައިވާ މީހާއަށް އެހީވާށެވެ. މާތްރަސްކަލާނގެ ދެއްވި ތަކެތިން އަބަދުވެސް އަނެކުންނާ ޙިއްސާ ކުރާށެވެ.


ތިބާގެ އަމިއްލަ ނަފްސު ނުބައިވެގެންވީ އަމަލުތަކުން ދުރުކޮށް ސާފުތާހިރު ކޮށްގެންފިނަމަ ތިބާ ވާނީ މިފަދަ އަގުހުރި ކަންވާރަކަށެވެ. ތިބާގެ ޙަޔާތްވާނީ މުޤައްދަސް ވެގެންނެވެ. އަދި މާތްސާހިބާ މަގުސަދަށްޓަކައި ކުރެވޭ ހެޔޮއަމަލުތައް ކުރުމަށް އެނަފްސު ވާނީ ތައްޔާރުވެފައި ވެސް މެއެވެ.


މި ފަތްފުށްތައް މާތްރަސްކަލާނގެ ޚާދިމުންނަށް ހެޔޮ ގޮތުގައި ހުރިހާ ރަނގަޅު ކަމެއް ކުރުމަށް ދަސްކޮށް ދެއެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


ތިބާ އަބަދުވެސް މީހުންނަށް މިސާލެއް ކަމުގައި ވާށެވެ. އަދި ތިބާގެ އަމިއްލަ ނަފްސު ވާންޖެހޭނީ ހެޔޮ އަމަލުތައް ކުރުމުގައެވެ. ތިބާ އުނގަންނައި ދިނުމުގައި އިޚުލާސްތެރިވެ ކަމަށް ކަމޭހިތަންވާނެއެވެ.


އަހަރެމެންގެ މީހުން އަނެކާގެ އަވަސް މުހުތާދުތައް ފުއްދާދީ ރަނގަޅު ކަންތައް ކުރަން ދަސްކުރަން ވާނެއެވެ. އޭރަކުން ތިޔަބައިމީހުންނަކީ ބޭނުން ނުހިފޭ ބައެއްކަމުގައެއް ނުވާނެއެވެ.


މިއީ އިތުބާރު ކުރެވޭފަދަ ތެދު ޙަޤީޤަތެކެވެ. ދޫނުކޮށް މި ވާހަކަތަކުގައި ހިފެހެއްޓުމަށް މީސްތަކުންނަށް އަންގައިދޭށެވެ. އޭރުން އެންމެހާ މީސްތަކުން އެކަލާނގެއަށް ތެދުވެރިވެ، އިތުބާރާއެކު އަބަދާއި އަބަދު ހެޔޮޢަމަލުތައް ކުރުމުގައި ވާނެއެވެ. އަދި މިކަންތަކަކީ އެންމެހައި މީސްތަކުންނަށް ފައިދާ ކުރަނިވި ފުރިހަމަ ކަންތަކެވެ.


އަހަރެމެން އެކަކު އަނެކަކާ މެދު ހެޔޮކޮށް ކަންތައް ކުރުމަށާއި ލޯބިވުމަށް އެކަކު އަނެކަކަށް ހިތްވަރު ދޭނެ ގޮތްތަކާމެދު ވިސްނަމާ ހިނގާށެވެ.


އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


އީމާންނުވެތިބި އަވަށްޓެރިން ތިޔަބައިމީހުންނީ ވިޔާނުދާ ބައެއް ކަމުގައި ބުނެ ބަދުނާމުކުރާނެއެވެ. ނަމަވެސް ތިޔަބައިމީހުންގެ ހެޔޮ އަމަލު ތައް އެބައިމީހުން ބަލާނެއެވެ. އަދި ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ މަތިވެރިކަމާމެދު ސަނާ ކިޔާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ