50 އެއާއެކު އެންމެހައި އަސްޙާބީން އެކަލޭގެފާނު ގިނިކަންޏާ ދޫކޮށްލެއްވުމަށް ފަހު ދުވެ ފިލިއެވެ.
އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން އެންމެން ވެސް އަހަރެން ދޫކޮށް ދުވެ ރައްކާވެދާނެ. އެހެނީ މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިފައި ވަނީ މިހެން. ’ތިމަންކަލާނގެ ހުއިހައްޕާމީހާ ޤަތުލު ކުރާނަމޭ. އަދި ކަންބަޅިތައް އެތަންމިތަނަށް ފަތުރާލާނަމޭ.‘
ދުވަހުން ދުވަހަށް ބައިތުލް މަޤްދިސްގައި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން އަހަރެން ގެންދިޔައިރު ތިޔަބައިމީހުން އަހަރެން ހައްޔަރެއް ނުކުރި. އެހެނަސް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވީ ކަންތައްތައް އެގޮތުގެ މަތީން ޙަޤީޤަތަކަށް ވެގެންދާން ޖެހޭނެ.“
އެ ހިނދު ހުދުފޮތީގެ ފޭރާމެއް އަނދެގެން ހުރި ޒުވާން ފިރިހެނަކު އެތަނުގައިވިއެވެ. އަދި އީސާގެފާނާއިމެދު ކަންތައްތައް ވަމުން ދާ ގޮތް އޭނާ ބަލަމުން ގެންދިޔައެވެ. އެބައިމީހުން މި ޒުވާން ފިރިހެނާ ހައްޔަރު ކުރަން މަސައްކަތް ކުރިއެވެ.
ނަމަވެސް އެފަދަ ވަގުތެއް އެބައާދޭ، އެވަގުތު މިހާރު ވެސް މި ވަނީ އައިސްފައި. އެއީ ކަލޭމެން އެންމެން އަހަރެން އެކަނިކޮށްލާފައި އެކި ތަންތަނަށް ވިއްސިވިހާލިވެ އެމީހެއްގެ ގެޔަށް އެމީހަކު ހިނގައިދާނެ. އޭރަކުން ވެސް އަހަރެން އެކަންޏެއް ނުވާނެ. އެހެނީ ބައްޕާފުޅު ވަނީ އަހަންނާ އެކުގައި.
އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން ތިޔަ ހޯދާ މީހާއަކީ އަހަރެންނޭ އަހަރެން ބުނެފީމެންނު. ކަލޭމެން ތިޔަ ހޯދާ މީހަކީ އަހަރެން ނަމަ ދެން އެހެންމީހުން ދާން ދޫކޮށްލާ.“
ފުރަތަމަ ފަހަރަށް އަހަރެން އިންސާފުގެ ކުރިމައްޗަށް ގެނެވުނު ހިނދު އެއްވެސް މީހަކު އަހަންނާއިއެކުގައި ނުވެއެވެ. ހުރިހާ އެންމެން އަހަރެން ދޫކޮށްލުމަށް ފަހު ދިޔައީއެވެ. މިކަމަށްޓަކައި މާތްކަލާނގެ އެމީހުންގެ ކިބައިން ބަދަލެއް ނުހިއްޕަވާށިއެވެ.