Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:5 - ކިތާބުލް މުޤައްދަސާ

5 ތިން ސަތޭކަ ދީނާރަށް ވުރެން ބޮޑު އަގެއްގައި އެ ހުވަނދުފުޅި ވިއްކާލެވޭނެ. އަދި އެފައިސާ ފަގީރުންނަށް ދެވޭނެ!⁠“ އަދި އެބައިމީހުން މިކަމާއި އޭނާއަށް ވަރަށް ހަރުކަށިކޮށް ފާޑުކިޔައި ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:5
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’⁠ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!⁠‘


އެމީހުންނަށް ދީނާރު ލިބުމުން ބިމުގެ ވެރިޔާގެ ކައިރިއަށް ގޮސް އެބައިމީހުން ޝަކުވާކުރި.


އަހަރެމެންނަށް މި އަތަރުފުޅި ނުހަނު އަގުބޮޑުކޮށް ވިއްކާލެވިދާނެ. އަދި އެ ފައިސާ ފަގީރުންނަށް ދެވިދާނެ.⁠“


އެތަނުގައި ތިބި ބައެއް މީސްތަކުން މިކަމާއި ހިތްހަމަނުޖެހި ރުޅިއައިސް އެކަކު އަނެކަކަށް ބުންޏެވެ. ”⁠މި ގޮތަށް ހުވަނދު އިސްރާފު ކުރުމުގެ ބޭނުމަކީ ކޮބާ؟


ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠އެ ކަނބުލޭގެ އެކަން ކުރުމަށް ދޫކޮށްލާ! އެކަނބުލޭގެއާ ދިމާކުރަނީ ކީއްވެ؟ އަހަރެންނަށްޓަކައި އެކަނބުލޭގެ ކޮށްދެމުން އެގެންދަނީ ވަރަށް އެއްވަނައިގެ ކަމެއް.


އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.⁠“


އެއްބަޔަކު ހީކުރީ ޔުދާސް އަކީ ފައިސާގެ ކަންތައްތަކާއި ހަވާލުވެގެން ހުންނަ މީހާ ކަމުން އެ ޢީދުގެ ކަންތައްތަކަށް ބޭނުންވާ އެއްޗެއް ގަތުމަށް އޭނާ ގާތު އީސާގެފާނު ވިދާޅުވީ ކަމުގައެވެ. އަދި އަނެއް ބަޔަކު ހީކުރީ އީސާގެފާނު ޔުދާސް ގާތު ފަގީރުންނަށް ކޮންމެވެސް ވަރަކަށް ލާރިދިނުމަށް ވިދާޅުވީ ކަމުގައެވެ.


ނަމަވެސް އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެކަކު އަނެކަކަށް ޝަކުވާ ކުރުން ހުއްޓާލާ!


ފިލިޕު ދެންނެވިއެވެ. ”⁠މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.⁠“


ތިޔަބައިމީހުންގެ ތެރޭގައި ވައްކަންކުރާ ބަޔަކުވާނަމަ، ވައްކަންކުރުން ހުއްޓައިލާށެވެ. އޭގެބަދަލުގައި ތެދުވެރި ގޮތުގައި މަސައްކަތް ކުރާށެވެ. އޭރުން ބޭނުމެއް ޖެހިފައިވާ ފަރާތްތަކާ މެދު ދީލަތި ވެވޭނެއެވެ.


ކުރާ ކޮންމެ ކަމެއް ކުރުމުގައި ޝަކުވާއާއި ދެބަސްވުންތަކުން އެކަހެރިވެ ތިބެ ކުރާށެވެ.


މި ދޮގުއެދުރުންނަކީ އަނެކުންގެ ކުށް ހޯދައި ޝަކުވާކޮށް ހަދާ މީހުންނެވެ. އެމީހުން ދާނީ އެމީހުން ހިތުގައި އޮންނަ ހުތުރު އެދުންތަކުގެ ފަހަތުންނެވެ. އަދި މިފަދަ މީހުން ސަޅިބައިސާ ކަނޑައި އަނެކުން އެމީހުންނާ ދިމާއަށް ލެންބުމަށް ޚުޝާމަދުކޮށް ހަދައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ