Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:49 - ކިތާބުލް މުޤައްދަސާ

49 ދުވަހުން ދުވަހަށް ބައިތުލް މަޤްދިސްގައި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން އަހަރެން ގެންދިޔައިރު ތިޔަބައިމީހުން އަހަރެން ހައްޔަރެއް ނުކުރި. އެހެނަސް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވީ ކަންތައްތައް އެގޮތުގެ މަތީން ޙަޤީޤަތަކަށް ވެގެންދާން ޖެހޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:49
27 ပူးပေါင်းရင်းမြစ်များ  

މި ހުރިހާކަމެއް ހިނގައި ނިމިދާހުށީ ނަބީބޭކަލަކު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ގޮތުގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ނިކަން ބައްލަވާ! ބިކުރުވެރި ކަނބުލޭގެއަކު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކައުވެ ވަޑައިގަންނަވާ ހުއްޓެވެ. އެ ދަރިކަލުންގެ ނަންފުޅަކަށް އެބައިމީހުން ދޭނީ ޢިންމާނޫޢީލް އެވެ.⁠“ (އެނަމުގެ މާނައަކީ ”⁠މާތްކަލާނގެ އަހަރެމެންނާއެކު ވޮޑިގެންވޭ⁠“ މިހެންނެވެ.)


އެކަމަކު އެގޮތަށް ކަންތައް ހިނގައިފިނަމަ ބާވައިލެއްވި ފަތްފުށްތަކުގައި ލިޔެވިފައިވާ ބަސްފުޅުތައް ފުރިހަމަ ވާނީ ކިހިނެއް؟ އެބަސްފުޅުތައް ފުރިހަމަވާން ޖެހޭނެ.⁠“


އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.


ނަމަވެސް މިކަންތައްތައް ފުރިހަމަވެ، ހިނގައި މިދިޔައީ ބާވައިލެއްވި ފަތްފުށްތަކުގައި ނަބީބޭކަލުން ބަޔާން ކުރައްވާފައިވާ ފަދައިން.⁠“ އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނު ދޫކޮށްލެއްވުމަށް ފަހު ދުވެ ފިލިއެވެ.


ކަޕަރުނައުމް ދޫކުރައްވާ ޖުދެއާ ސަރަހައްދަށް ވަޑައިގެން އުރުދުން ކޯރުގެ އަނެއްފަރާތަށް އީސާގެފާނު ވަޑައިގެންނެވި ހިނދު އެތައް ބައިވަރު މީސްތަކުންނެއް އެކަލޭގެފާނުގެ އަރިހަށް އަނެއްކާވެސް އެއްވެއްޖެއެވެ. އަދި އެހެނިހެން ދަތުރުތަކެކޭ އެއްގޮތަށް އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވިއެވެ.


އެހެން ފަހަރެއްގައި އެބޭކަލުން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. އަދި އީސާގެފާނު ބައިތުލްމަޤްދިސްގެ ތެރޭގައި ހިންގަވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައެވެ.


އެއަށް ފަހު އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވި ހިނދު މި ސުވާލު އެކަލޭގެފާނު ކުރެއްވިއެވެ. ”⁠އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުން ފޮނުއްވޭނެ ފަރާތެއް ކަމުގައި ދީނުގެ ދަންނަބޭކަލުން އެ ބުނަނީ ކީއްވެ؟


އެއަށް ފަހު އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟


އެއާއެކު އެންމެހައި އަސްޙާބީން އެކަލޭގެފާނު ގިނިކަންޏާ ދޫކޮށްލެއްވުމަށް ފަހު ދުވެ ފިލިއެވެ.


ކޮންމެ ދުވަހަކު އެކަލޭގެފާނު ބައިތުލް މަޤްދިސްގައި ކިޔަވާދެއްވަމުން ގެންދެވިއެވެ. ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ވެރިންގެ ބޮޑެތި މީހުން އެކަލޭގެފާނު މަރާލެވޭނެ ގޮތަކާއި މެދު ވިސްނަމުން ގެންދިޔައެވެ.


އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’⁠އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.⁠‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.⁠“


އޭރު އެއީ ފިނިމޫސުމެވެ. މީގެ ތެރެއިން ދުވަހަކު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައިވާ ސުލައިމާނުގެފާނުގެ ފެންޑާއޭ ކިޔުނު ތަނުގައި ހިންގަވާ ވަޑައިގެންނެވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކިޔަވައިދިން ހުރިހާ އެއްޗެއް އަހަރެން ކިޔަވައިދިނީ ހާމަ ކަން މަތީ އެންމެންނަށް ވެސް ފެންނަގޮތަށް ދީނީ މަރުކަޒުތަކުގައި އާއި އަދި ބައިތުލް މަޤްދިސްގައި. އަހަރެން އެއްވެސް ކަމެއް ސިއްރަކުން ނުކުރަން.


އެ ޢީދުގެ އެންމެ ފަހު އަދި އެންމެ މުހިންމު ދުވަހު އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި އިންނަވާފައި އެންމެންގެ މެދަށް ކޮޅަށް ތެދުވެ ވަޑައިގެން ވަރަށް ބާރަށް ވިދާޅުވިއެވެ. ”⁠ފެން ބޮވައިގެންފައިވާ މީހަކު ވާނަމަ އެމީހަކު އަހަރެންގެ ގާތަށް އައިސް ފެން ބޮއެ!


މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.⁠“


އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނު އަނެއްކާވެސް ބައިތުލް މަޤްދިސްއަށް ވަޑައިގެންފިއެވެ. އެވަގުތު އެތައް ބައިވަރު ބަޔަކު އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ދެން އީސާގެފާނު އެތާނ އިށީނދެވަޑައިގެން އެމީސްތަކުންނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ