Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:44 - ކިތާބުލް މުޤައްދަސާ

44 މި ޚިޔާނާތްތެރިޔާ، ޔުދާސް، މީސްތަކުންނަށް އަންގައިދީފައި ވަނީ މި އިޝާރާތުންނެވެ. ”⁠އަހަރެން ގޮސް ބޮސް ދޭނީ ތިޔަބައިމީހުން ބޭނުންވެފައިވާ މީހާއަށް. އޭނާ ހައްޔަރު ކުރުމަށް ފަހު ފާރަވެރިންނާއި ޙަވާލު ކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:44
13 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ގޭގެ ދޮރުމަތީ ހާކާފައި ހުރި ލެޔަކީ ކަލޭމެންގެ ގޭގެކަން ދައްކައިދޭނެ ނިޝާނެކޭ. ތިމަންކަލާނގެއަށް އެ ލޭ ފެނުމުން އެގެ ފަހަނަޅައި ދާނަމޭ. މިޞްރު މީހުންގެ މައްޗަށް މި މަރުގެ މުސީބާތް އަންނައިރު ކަލޭމެންނަކަށް މި ކަން ކުރިމައްޗެއް ނުވާނެޔޭ.


އިޚުލާސްތެރި ރަޙުމަތްތެރިޔެއްގެ އަތުން ވާ ޒަޚަމްތައް އަދާވާތްތެރިއެއްގެ ބޮސް ދިނުންތަކަށް ވުރެން ރަނގަޅެވެ.


ތެދުވެގެން ދަމާ ހިނގާ! އަހަރެންނަށް ޚިޔާނާތްތެރިވި ފަރާތް މިހާރު އެބަ އާދޭ.⁠“


އީސާގެފާނު އެބޭކަލުންނާއި ވާހަކަފުޅު ދައްކަމުން ގެންދެވި ހިނދު ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވީ ޔުދާސް އެތަނަށް އައެވެ. އޭނާ އާއި އެކުގައި ކަނޑި އާއި މުގުރުބުރި ހިފައިގެން ތިބި އެތައްބަޔަކު ވިއެވެ. އެބައިމީހުންނީ ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން ފޮނުވި ބައެކެވެ.


ޔުދާސްއަށް އެތަނަށް އާދެވުމާއި އެކު އޭނާ އީސާގެފާނުގެ އަރިހަށް ގޮސް ”⁠އެދުރުކަލޭގެފާނު!⁠“ އޭ ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ.


ޕައުލް އާއި ސިލާހު ގައިގައި އެތައް ތެޅުމެއް ތެޅުމަށް ފަހު އެމީހުން ޖަލަށް ލާ އެ ޖަލުބަލަހައްޓާ މީހާއަށް ޖަލު ރަނގަޅަށް ތަޅުލުމަށް އެންގިއެވެ.


ތިޔަބައިމީހުންގެ ދުޝްމަނުންދެކެ އެއްގޮތަކަށް ވެސް ބިރުވެތި ނުވާށެވެ. އަބަދުވެސް ހިތްވަރު ހޯދާށެވެ. އޭރުން އެމީހުން ބަލިވެދާނެ ކަމުގެ އަލާމާތް އެމީހުންނަށް ފެންނާނެ އެވެ. އަދި ސަލާމަތްކަން ވާނީ ތިޔަބައިމީހުން ކަން ވެސް އެމީހުންނަށް އެނގޭނެއެވެ. އެސަލާމަތްކަން ލިބިގެންދާނީ ޚުދު މާތްކަލާނގެ ކިބަފުޅުންނެވެ.


އަހަރެން ޕައުލް މި ތަހުނިޔާ މިލިޔަނީ އަހަރެންގެ އަމިއްލަ އަތުންނެވެ. އެއީ އަހަރެންގެ ހުރިހާ ސިޓީތައް ވަކިކުރުމަށްޓަކައި ނިޝާނެއްގެ ގޮތުގައެވެ. އެއީ އަހަރެން ލިޔާގޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ