މަރުކުސް 14:43 - ކިތާބުލް މުޤައްދަސާ43 އީސާގެފާނު އެބޭކަލުންނާއި ވާހަކަފުޅު ދައްކަމުން ގެންދެވި ހިނދު ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވީ ޔުދާސް އެތަނަށް އައެވެ. އޭނާ އާއި އެކުގައި ކަނޑި އާއި މުގުރުބުރި ހިފައިގެން ތިބި އެތައްބަޔަކު ވިއެވެ. އެބައިމީހުންނީ ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން ފޮނުވި ބައެކެވެ. အခန်းကိုကြည့်ပါ။ |
”އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.“