Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:41 - ކިތާބުލް މުޤައްދަސާ

41 އެބޭކަލުންގެ ކައިރިއަށް ތިންވަނަ ފަހަރަށް އެކަލޭގެފާނު އެނބުރި ވަޑައިގެންނެވުމަށް ފަހު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން މިވަގުތު އަރާމުގައި ނިދަނީތަ؟ މިހާރު ފުދޭ ވަރު ވެއްޖެ! ސަމާލުވޭ! އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރިވެ، ފާފަވެރިންގެ އަތްމައްޗަށް ހުށަހެޅޭނެ ވަގުތު މިވަނީ ކުޑަތަންވެފަ!

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:41
23 ပူးပေါင်းရင်းမြစ်များ  

”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“


ދެން ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް އީސާގެފާނަށް ޚިޔާނާތްތެރިވެ އެބައިމީހުންނާއި އެކަލޭގެފާނު ޙަވާލުކުރެވޭނޭ ގޮތެއް ރާވައިދިނެވެ.


އަދި އެ ހުރިހާ ބޭކަލުން މޭޒުގެ ވަށައިގެން ތިއްބަވާ ފަރީއްކުޅުވަމުން ގެންދެވިއެވެ. އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް އަހަރެން ބުނަންތަ؟ ތިޔަބައިމީހުންގެ ތެރެއިން އަހަރެންނަށް ޚިޔާނާތްތެރިވާނެ ފަރާތް މި ކެއުމުގައި އަހަރެންނާއި އެކު ސުފުރާ ކުރަމުންއެބަދޭ.⁠“


ކުޑަ ތަންކޮޅެއް ކުރިއަށް ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު ބިންމައްޗަށް ތިރިވެ ވަޑައިގަންނަވާ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއިމެދު ކުރިމަތިވަމުން އަންނަ ވޭންދެނިވި ވަގުތާއިމެދު އެކަލޭގެފާނު ވަނީ ފުން ހިތާމައިގައެވެ. އަދި އެވަގުތު އެކަލޭގެފާނާއި ކުރިމަތި ނުކުރެއްވުމަށް އެދި އެކަލޭގެފާނު ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. ”⁠އަޅުގަނޑުގެ ބައްޕާފުޅާ! އެންމެހާ ކަންތައްތައް ކުރެއްވުމަށް ބައްޕާފުޅު ކުޅަދުންވަންތަވެ ވޮޑިގެންވޭ. ބައްޕާފުޅަށް ކުރެއްވެން އޮތްނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވައި ދެއްވާނދޭވެ. ނަމަވެސް އަޅުގަނޑު އެދޭ އެދުމަށް ވުރެން ބައްޕާފުޅު އެދެވޮޑިގެންވާ ގޮތުގެ މަތިން މިކަންތައްތައް ހިންމަވައިދެއްވާނދޭވެ.⁠“


ދެން އެކަލޭގެފާނު އެނބުރި އަސްޙާބީންގެ ކައިރިއަށް ވަޑައިގެންނެވި ހިނދު އެބޭކަލުންނަށް ވަނީ ނިދިފައެވެ. އެއީ އެބޭކަލުންގެ ލޯތައް ހުޅުވައިގެން ތިބުމަށް އެބޭކަލުންނަށް ކުޅަދާނަ ވެގެން ނުވުމުންނެވެ. އަދި އެކަލޭގެފާނަށް ދެއްވާނޭ ޖަވާބެއް އެބޭކަލުންގެ ވިސްނުމަކަށް ނައެވެ.


ތެދުވެ ދިއުމަށް ތައްޔާރުވޭ. ބަލާބަލަ، އަހަރެންނަށް ޚިޔާންތެރިވި މީހާ މިހިރީ!⁠“


އަދި އީސާގެފާނު މިފަދައިން ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”⁠ކަލޭމެންގެ އަމިއްލަ އާދަކާދަ ހިފެހެއްޓުމަށްޓަކައި މާތްރަސްކަލާނގެ އަމުރުފުޅާއި ދެކޮޅުވެރިވި.


ސަބަބަކީ އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ގިނަ ވަގުތު ހޭދަ ކުރައްވާ އެބޭކަލުންނަށް އުނގަންނައި ދެއްވުމަށްޓަކައެވެ. އެގޮތުން އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރިވެ މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވި، އޭނާ މަރާލެވޭނެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އިންސާނާގެ ދަރިކަލުން އެކަލޭގެފާނު މަތިވެރިކަމާއި ޖަލާލަތުކަމަށް އިސްވެ ވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ.


މިހާރު އަހަރެންގެ ހިތުގައި ނުތަނަވަސް ކަމެއް ވޭ. ވީއިރު އަހަރެން ބައްޕާފުޅަށް ދުޢާކޮށް އަންނަން އޮތް ކަންތަކުން ސަލާމަތް ކޮށް ދެއްވުން އެދި ދަންނަވަންވީތަ؟ ނޫން! އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަހަރެން މި ދުނިޔެއަށް އައީ ވެސް މިފަދައިން އަނިޔާ ލިބިގަތުމަށްޓަކާ.


މި ހުރިހާ ވާހަކަތަކެއް އަސްޙާބީންގެ ގާތުގައި ދައްކަވައި ނިމިވަޑައިގަތުމުން އެކަލޭގެފާނު އުޑާއި ދިމާއަށް ބައްލަވާފައި ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! ދަރިފުޅުގެ ޖަލާލަތުކަން ފާޅުކުރައްވާ. އެއީ ދަރިފުޅުގެ ފަރާތުން އެ ޖަލާލުވަންތަކަން ފާޅުވެވޭނެ ގޮތް ވުމަށްޓަކާ!


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ.


އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަމުން ގެންދެވީ ބައިތުލް މަޤްދިސްގެ ސަދަޤާތް ނަގާ ބައިގައި ހުންނަވައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު އެކަލޭގެފާނު ހައްޔަރެއް ނުކުރިއެވެ. އެއީ އަދި އެކަލޭގެފާނުގެ ވަގުތު ނުޖެހޭތީއެވެ.


ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ