Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:38 - ކިތާބުލް މުޤައްދަސާ

38 އަދި އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވާނީ ބަލިކަށިވެގެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:38
17 ပူးပေါင်းရင်းမြစ်များ  

ވީމާ ހޭލާ ތިބޭ! އެހެނީ ތިޔަބައިމީހުންގެ މާތްސާހިބާ ވަޑައިގަންނަވާނީ ކޮން ވަގުތެއްގައިކަން ތިޔަބައިމީހުންނަށް އެނގިގެން ނުވޭ.


އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”⁠އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.⁠“


ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވަނީ ބަލިކަށިވެގެން.⁠“


އަޅަމެން ވަސްވާސްތަކުގެ ތެރެއަށް ވެއްޓިދާފަދަ މަގެއް އަޅަމެންނަށް ނުދައްކަވައި ޝައިތާނާގެ ކިބައިން ރައްކާތެރި ކުރައްވާފާނދޭވެ!⁠‘


އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ހިތުގައިވާ ފުން ހިތާމަތައް އަހަރެން މަރުވުމެކޭ އެއްފަދަ ކުރުވާ. ތިޔަބައިމީހުން މިތަނުގައި ހޭލާ ތިބޭތި.⁠“


އެއަށް ފަހު އެކަލޭގެފާނު އަސްޙާބީންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވި ހިނދު އެ ތިން އަސްޙާބީންނަށް ވަނީ ނިދިފައެވެ. އެ ހިނދު އެކަލޭގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠ޕަތަރަސް، ނިދަނީތަ؟ އެއްގަޑިއިރު ވެސް ހޭލާ ނުތިބެވޭ ތަ؟⁠“


އެއަށް ފަހު އީސާގެފާނު އެބޭކަލުންނާއި ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ ކުރީފަހަރު ވިދާޅުވި ބަސްފުޅުތަކުން އިތުރަށް ދުޢާ ދެންނެވިއެވެ.


އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.⁠“


އެތަނަށް ދެވުމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވަސްވާހާއި ފާފައިން ދުރުހެލިވުމަށް ދުޢާކުރޭ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ނިދަނީ ކީއްވެ؟ ތެދުވޭ. ކަލޭމެން ވަސްވާހާއި ފާފައިގެ ތެރެއަށް ނުވެއްޓޭތޯ ދުޢާކުރޭ.⁠“


އެގޮތަކީ އަހަރެމެންގެ އަމިއްލަ ނަފްސުގެ އެދުންތަކަކީ މާތްރޫޙުފުޅުގެ އެދުންތަކަށް ނުވާތީއެވެ. އަދި މާތްރޫޙުފުޅު އެދޭގޮތަކީ އަމިއްލަ ނަފްސު އެދޭގޮތެއް ވެސް ނޫނެވެ. އަބަދުވެސް މާތްރޫޙުފުޅު އަހަރެމެންނަށް ރަނގަޅު ކަންތައްތައް ކުރުމަށް ހިތްޖައްސަވާ ހިނދު، ނުބައިކަންތައް ކުރުމަށް އަމިއްލަ ނަފްސު އަހަރެމެންނަށް ހިތް ޖައްސުވައެވެ. އެހެނަސް މާތްރޫޙުފުޅު ކަލޭމެންގެ ނަފްސުގެ އެދުމާއި އެއްގޮތަކަށް ކަންތައް ކުރުމަށް ހުރަސްއަޅައެވެ.


މާގޭ އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! ތިޔަބައިމީހުންނާއި އެކުގައި އަހަރެން ވީހިނދުގައި މާތްރަސްކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންތެރި ވިއެވެ. ހަމައެފަދައިން ތިޔަބައިމީހުންނާއި ދުރުގައި އަހަރެން މި ވޭތުކުރާ ހިނދު ކިޔަމަންތެރި ކަމުގެ އިންތިހާގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވައި ސަލާމަތް ކޮށްދެއްވިއެވެ. އެކަމާމެދު ތިޔަބައިމީހުން ކިޔަމަންތެރިވެ، ޚާލިސްކަމާއެކު އެކަލާނގެއަށް ބިރުވެތިވެ ކުރިއަށްދާށެވެ.


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


އަހަރެން ތިޔަބައިމީހުން ކެތްތެރިވެ ދެމިތިބުމަށް ކުރި އަމުރުގައި ތިޔަބައިމީހުން ހިފަހައްޓައި ތިބުމުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާނެ އިމްތިޙާނުގެ ވަގުތުގައި އެ މުސީބާތުން އަހަރެން ތިޔަބައިމީހުން ސަލާމަތް ކޮށްދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ