Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:30 - ކިތާބުލް މުޤައްދަސާ

30 އީސާގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠އަހަރެން ބުނަންތަ؟ މިރޭ ފަތިހުގެ ހާ ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:30
17 ပူးပေါင်းရင်းမြစ်များ  

ރޭވެފައި އަލިވެއްޖެއެވެ. އެއީ ތިންވަނަ ދުވަހެވެ.


ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަތަރުވަނަ ދުވަހެވެ.


ރޭވެފައި އަލިވެއްޖެއެވެ. އެއީ ފަސްވަނަ ދުވަހެވެ.


މާތްކަލާނގެ އެއަލިކަމަށް ދުވާލުގެ ނަމުން ނަންދެއްވިއެވެ. އަނދިރިކަމަށް އެކަލާނގެ ރޭގަނޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ފުރަތަމަ ދުވަހެވެ.


ދެން އެހުސްތަނަށް މާތްކަލާނގެ އުޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ދެވަނަ ދުވަހެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މިރޭ ފަތިހު ހާ ގޮވުމުގެ ކުރީން އަހަރެންނަކީ ތިބާ ދަންނަ ވެސް މީހެއް ނޫންކަމުގައި ތިން ފަހަރު ތިބާ ބުނާނެ.⁠“


ވީމާ ހޭލާ ތިބޭ! ސަބަބަކީ ތިޔަބައިމީހުންނަށް ގޭގެ ވެރިފަރާތް އަންނާނެ ވަގުތެއް އެނގިގެންނުވާތީ. ހަވީރުކަމެއް، މެންދަމުގައި ކަމެއް. ފަތިހުގެ ހާ ގޮވުމާއި އެކުގައި ކަމެއް ނޫނީ ހެނދުނުގައި ކަމެއް ނޭނގޭނެ.


ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މި އެންމެން ކަލޭގެފާނު ދޫކޮށްލެއްވިއަސް އަޅުގަނޑު ކަލޭގެފާނު ދޫކޮށް ނުލާނަން.⁠“


ޕަތަރަސް އިހުނަށް ވުރެން ސާބިތު ކަމާއެކުގައި ދެންނެވިއެވެ. ”⁠ކަލޭގެފާނާއިއެކުގައި ނިމި ދިޔަ ކަމުގައި ވިއަސް އަޅުގަނޑު ކަލޭގެފާނު ނުދަންނަ ކަމުގައި ނުބުނާނަން!⁠“ އަދި އެހެނިހެން އަސްޙާބީން ވެސް މިމޭރުމުން ދެންނެވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ޕަތަރަސް. އަހަރެން ވާހަކައެއް ބުނަން ތަ؟ މި ރޭގެ ފަތިހު ހާ ގޮވުމުގެ ކުރިން ކަލޭ ތިން ފަހަރު މަތިން އަހަރެން މިއީ ނުވެސް ދަންނަ މީހަކު ކަމުގައި ބުނާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ އަހަރެންނަށްޓަކައި މަރުވަން ވެސް ތިހިރީ ތައްޔާރަށް ކަން ހަމަ ޔަޤީންތަ؟ އަހަރެން ބުނަންތަ؟ މިރޭ ފަތިހު ހާ ގޮވުމުގެ ކުރިން ތިން ފަހަރު މަތިން އަހަރެން މިއީ ކަލޭ ދަންނަވެސް މީހެއް ނޫން ކަމުގައި ކަލޭ ބުނާނެ.⁠“


އެ އަންހެންކުއްޖާ ޕަތަރަސްއަށް ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އޭނާއާއި އެއްކޮށް އުޅޭ އަސްޙާބީންގެ ތެރެއިން މީހެއް ނޫންތަ؟⁠“ ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ނޫން. އަހަރެން މިއީކީ އޭގެ މީހެއް ނޫން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ