މަރުކުސް 14:22 - ކިތާބުލް މުޤައްދަސާ22 އެބޭކަލުން ފަރީއްކުޅުވަމުން ގެންދެވިހިނދު، އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަޅި ކުރައްވައި އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވުމަށް ފަހު ވިދާޅުވިއެވެ. ”ތި ރޮށިކޮޅު ކާލާ. ތިޔައީ އަހަރެންގެ ހަށިގަނޑު.“ အခန်းကိုကြည့်ပါ။ |
ދެން މީސްތަކުންނަށް ވިނަގަނޑު މަތީގައި އިށީނުމަށް އެކަލޭގެފާނު އެންގެވިއެވެ. އަދި ފަސް ބޯރޮއްޓާއި ދެ މަސް ނެންގެވުމަށް ފަހު، އުޑާއި ދިމާލަށް ބައްލަވައި މާތްރަސްކަލާނގެއަށް ޝުކުރު ކުރެއްވިއެވެ. އެއަށް ފަހު ބޯރޮށި ފަޅި ކުރައްވައި އެތަކެތި އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި އެތަނުގައި ތިބި މީސްތަކުންނަށް ބެއްސެވިއެވެ.
އެއަށް ފަހު އެކަލޭގެފާނު ފަސް ބޯރޮއްޓާއި ދެ މަސް ނަންގަވާ އުޑާއި ދިމާއަށް ބައްލަވާލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަސް ރޮށި އެތައް ބަޔަކަށް ފަޅި ކުރައްވައި އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ. އެ ދެ މަސް ވެސް ނަންގަވާ އެތައް ބަޔަކަށް ބައި ކުރައްވާ އެކަލޭގެފާނުގެ އަސްޙާބީންގެ އަތަށް ދެއްވައި މީސްތަކުންނަށް ކާންދެއްވިއެވެ.