މަރުކުސް 14:20 - ކިތާބުލް މުޤައްދަސާ20 އީސާގެފާނު ޖަވާބުދެއްވިއެވެ. ”އެމީހަކީ ތިޔަ ބާރަ މީހުންގެ ތެރެއިން އެކަކު. އަހަރެންނާއިއެކުގައި މިހާރު ވެސް މިތަށިން ކާތަކެތި ނަގައި ކާން އިން މީހެއް. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެބޭކަލުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނުގެ ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވާ ޔުދާސް އެކަލޭގެފާނަށް ޚިޔާނާތްތެރިވެ، އަދި ކަނޑިއާއި މުގުރުބުރި ފަދަ ތަކެތި ހިފައިގެން ތިބި ގިނަ ބަޔަކާއި އެކު އެތަނަށް އައެވެ. މިބައިމީހުން އެތަނަށް ފޮނުވީ ބޮޑުއިމާމުންނާއި މީސްތަކުންގެ މައްޗަށް ވެރިކަން ހިންގަމުން ދިޔަ ބަނީއިސްރާއީލުންގެ ބޮޑުންނެވެ.
އީސާގެފާނު އެބޭކަލުންނާއި ވާހަކަފުޅު ދައްކަމުން ގެންދެވި ހިނދު ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވީ ޔުދާސް އެތަނަށް އައެވެ. އޭނާ އާއި އެކުގައި ކަނޑި އާއި މުގުރުބުރި ހިފައިގެން ތިބި އެތައްބަޔަކު ވިއެވެ. އެބައިމީހުންނީ ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން ފޮނުވި ބައެކެވެ.
އީސާގެފާނު އެމީހުންނާއި ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެތައް ބައެއްގެ ބޮޑު ބައިގަނޑެއް އެތަނަށް އައެވެ. އެމީހުންނަށް މަގުދައްކަން ހުރީ އީސާގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ވީ ޔުދާސް އެވެ. އޭނާ އީސާގެފާނާއި ސަލާމް ކުރުމުގެ ގޮތުން އެކަލޭގެފާނުގެ ކޮލުގައި ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިވިއެވެ.