Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:2 - ކިތާބުލް މުޤައްދަސާ

2 އަދި އެބައިމީހުންގެ ތެރޭގައި މަޝްވަރާ ކުރެވުނެވެ. ”⁠އަހަރެމެން މިކަން ކުރަންވާނީ މި ޢީދު ތެރޭގައެއް ނޫން. އަހަރެމެން މި ޢީދު ތެރޭގައި މިކަން ކޮށްފިނަމަ މީސްތަކުން އަހަރެމެންނާއި ދެކޮޅަށް ބަޣާވާތްކުރާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:2
13 ပူးပေါင်းရင်းမြစ်များ  

އިންސާނާއަށް ކުރެވޭނީ ތަދުބީރެވެ. ތަގުދީރު ކުރައްވާނީ މާތްރަސްކަލާނގެއެވެ.


އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.


”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“


ނަމަވެސް އެބައިމީހުން ބުންޏެވެ. ”⁠މި ޢީދުގެ ތެރޭގައި އަހަރެމެން އެކަންތައް ކޮށްގެން ނުވާނެ. ނޫންނަމަ މީހުން އަރައިގަނެ ހައިޖާނު ހައްދަފާނެ.⁠“


ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް މި ޚަބަރު އިވި އެބައިމީހުން އީސާގެފާނު އަވަހާރަ ކޮށްލާނެ ގޮތެއް ހޯދަމުން ގެންދިޔައެވެ. އެބައިމީހުން އެކަލޭގެފާނުދެކެ ބިރުގަނެއެވެ. ސަބަބަކީ އެކަލޭގެފާނުގެ އުނގަންވައި ދެއްވުމާއިމެދު އެއްމެހައި މީސްތަކުން އަޖައިބު ކުރުވާތީއެވެ.


މިތިބަ މީސްތަކުންނަށް ޔަޙުޔާގެފާނަކީ ރަސޫލު ބޭކަލެއްކަން އެނގޭއިރު ޔަޙުޔާގެފާނަށް އެ ޙައްޤު ދެއްވީ އިންސާނެކޭ އަހަރެމެންނަކަށް ނުބުނެވޭނެ.⁠“ އެބައިމީހުން ތިބީ މީސްތަކުން ދެކެ ބިރުންނެވެ.


ފަހަނަޅައި ދިއުމުގެ ޢީދާއި އަދި ކަމީރު ނުލާ ރޮށި ފިހޭ ޢީދު އައުމުގެ ދެދުވަސް ކުރިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަ ކޮށްލެއްވޭނޭ ގޮތެއް ފެނޭތޯ ބަލަމުން ދިޔައެވެ.


އީސާގެފާނު ބެތާނިޔާގައި ހުންނަ ސިމްޢާނުގެ ގޭގައި ހުންނެވިއެވެ. މި ސިމްޢާނުއަކީ ޖުޒާމު ބަލީގެ ވޭނުގައި މީގެކުރިން އުޅުނު މީހެކެވެ. އީސާގެފާނު ފަރީއްކުޅުވަމުން ގެންދެވިހިނދު ސަންގުމަރުމަރު ހިލައިގެ އަގުބޮޑު އަތަރު ފުޅިއެއް ހިފައިގެން އަންހެނަކު އައެވެ. އެފުޅީގެ މަތި ހަލާކު ކޮށްލުމަށް ފަހު އެ ފުޅީގައި ހުރި ހުރިހާ އަތަރެއް އީސާގެފާނުގެ އިސްތަށިފުޅަށް އޮއްސާލިއެވެ.


އަދި އޭނާ އެކަންކުރީ މީހަކު ކުރި އަމުރަކަށޭ ބުނެފި ނަމަ މީސްތަކުން އަހަރެމެން ގައިގައި އޮށްގަލުން ތަޅާނެ. އެއީ ޔަޙުޔާގެފާނަކީ ރަސޫލުބޭކަލެއް ކަން އެމީހުންނަށް ޔަޤީންވޭ.⁠“


ކަމީރު ނުލާ ރޮށި ފިހޭ ޢީދު ކަމުގައިވާ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ކައިރިވެފައެވެ.


މިތަންދެކެ ފަރީސީން ބުންޏެވެ. ”⁠އަހަރެމެން ބަލިވެއްޖެ. ނިކަން ދެކިބަލަ މުޅި ދުނިޔޭގެ އެންމެން އޭނާގެ ފަހަތުން އެއޮތް ދަނީ!⁠“


އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނުގެ މި ބަސްފުޅުތައް އިވުމުން ބުންޏެވެ. ”⁠ހަމަކަށަވަރުން ވެސް ޚާއްސަކުރައްވައި ފޮނުއްވޭނެ ރަސޫލާ ދުނިޔެއަށް ވަޑައިގެންފި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ