މަރުކުސް 14:18 - ކިތާބުލް މުޤައްދަސާ18 އަދި އެ ހުރިހާ ބޭކަލުން މޭޒުގެ ވަށައިގެން ތިއްބަވާ ފަރީއްކުޅުވަމުން ގެންދެވިއެވެ. އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް އަހަރެން ބުނަންތަ؟ ތިޔަބައިމީހުންގެ ތެރެއިން އަހަރެންނަށް ޚިޔާނާތްތެރިވާނެ ފަރާތް މި ކެއުމުގައި އަހަރެންނާއި އެކު ސުފުރާ ކުރަމުންއެބަދޭ.“ အခန်းကိုကြည့်ပါ။ |
”ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.
ފަޤީރަކަށް ހޭދައެއް ކޮށްފިނަމަ، މުނާފިޤުން ފަދައިން އަމަލުނުކުރޭ. ދީނީ މަރުކަޒު ތަކުގައްޔާއި މަގުތަކުގެ ހަތަރުއަނގޮޅި ކަން މަތީގައި އެބައިމީހުން އަޑުގަދަކޮށް ތާޅަފިލި ފުމެ ހަދާ. އެއީ މީސްތަކުންނަށް އެބައިމީހުން ފެނި އެބައިމީހުންނަށް ހުޝާމަދު ކުރުވުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން. އެބައިމީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުން އެއްވެސް ޘަވާބެއް ނުލިބޭނެ.
”ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މުނާފިޤުން ފަދައިން ނުވޭ. އެބައިމީހުން ލޯބިކުރާނީ ދީނީ މަރުކަޒުތަކުގައްޔާއި އަދި މަގުމަތީގައި ވާ ހަތަރު އަނގޮޅިތަކުގެ ކަން މަތީގައި ކޮއްޅަށް ތިބެ ދުޢާ ކުރަން. އެބައިމީހުން މިފަދައިން އަމަލު ކުރަނީ ބޭރުފުށުން އެބައިމީހުންގެ އަމަލުތަކަކީ ރަނގަޅު އަމަލުތަކެއް ކަމުގައި ދެއްކުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.
އެއީ ހާބީލްގެ މަރުގެ ދިޔައިން ފެށިގެން ނަބީ ޒަކަރިއްޔާގެފާނުގެ މަރުގެ ދިޔަ އާއި ޖެހެންދެން. ނަބީ ޒަކަރިއްޔާގެފާނު އަވަހާރަކޮށްލެވުނީ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެވޭ ތަކެތި ޤުރުބާން ކުރާ ގަލާއި އެ ގަލުގެ ސަރަހައްދާއި ދެމެދުގަ. އަހަރެން މިބުނަނީ ހަމަތެދެއް. މި ޒަމާން މިހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ.
”އަހަރެން މި ބަސްތައް މިބުނަނީ ކަލޭމެން އެންމެންނާ ބެހޭގޮތަކުންނެއް ނޫން. ކަލޭމެން އެންމެންނަކީ ވެސް ހަމަ އަހަރެން އަމިއްލައަށް ހޮވި މީހުން. އަހަރެން ކަލޭމެން ރަނގަޅަށް ދަންނަން. ނަމަވެސް ބާވައިލެއްވިގެންވީ ފޮތުގައިވާ ފަދައިން ކަންތައް ވާނެ. އެއީ ލިޔެވިގެންވޭ. ’އަހަރެންނާއި އެކުގައި ކާން އިން މީހާ އަހަރެންނާއި އިދިކޮޅު ވެއްޖެއޭ.‘ އެލިޔެވިގެންވީ ފަދައިން ކަންތައް ވެ ނިމޭނެ.