14 އޭނާ ވަންނަ ގެއަށް ވަދެ އެ ގޭގެ ވެރިމީހާއަށް ބުނޭ: ’އެދުރުކަލޭގެފާނު ބުންޏޭ، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަސްޙާބީން މި ޢީދުގެ ޖާފަތް ބާއްވަންވީ ކޮޓަރި ކޮބައިހޭ؟‘
އީސާގެފާނު އެކަލޭގެފާނުގެ ދަތުރުފުޅު ފެއްޓެވި ހިނދު، ފިރިހެނަކު ދުވެފައި އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”ހެޔޮލަފާ އެދުރުކަލޭގެފާނު، ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭނީ ކޮން ކަމެއްތޯ؟“
އަދި އެ ހިމާރު ތިޔަބައިމީހުން މޮހާލުމުން ހިމާރު މޮހާލީ ކީއްވެގެންތޯ މީހަކު ސުވާލު ކޮށްފިނަމަ ބުނޭ. ’މާތްސާހިބާ އެ ހިމާރަށް އެދިގެންވެޔޭ. އަދި ލަސްތަކެއްނުވެ އަނބުރާ އެ ހިމާރު ފޮނުވައިދޭނަމޭ.‘“
އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެ ބޭފުޅަކަށް މިފަދައިން އިރުޝާދު ދެއްވައި ފޮނުވިއެވެ: ”އަވަށު ތެރެއަށްދޭ. އަދި ފެން ގުޅިއެއް ހިފައިގެން އަންނަ ފިރިހެނަކާއި ތިޔަބައިމީހުންނާއި ބައްދަލުވާނެ. އެމީހާގެ ފަސްފަހަތުން ދޭ.
އެއަށް ފަހު މަތީ ބުރީގައި ހުރިހާ ކަމެއް ތަރުތީބުކުރެވި ފުރިހަމަ ކުރެވިފައިވާ ބޮޑު ކޮޓަރިއެއް އެ މީހާ ތިޔަބައިމީހުންނަށް ދައްކާނެ. އެތަނުގައި އަހަރެމެންނަށްޓަކައި ތިޔަބައިމީހުން ހުރިހާ އެއްޗެއް ތައްޔާރުކުރޭ.“
ދެން އެގޭގެ ވެރި މީހާއަށް ބުނޭ. ’އެދުރުމީހާ ބުންޏޭ: މި ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން އަހަރެންނާއި އަހަރެންގެ އަސްޙާބީން ކެއުމަށްޓަކައި ހަމަ ޖައްސައިފައިވާ ކޮޓަރި ކޮބައިހޭ؟‘
މަރުތާ މިހެން ބުނުމަށް ފަހު އެނބުރި ގޮސް އޭނާގެ ކޮއްކޮ މަރިޔަމް ގާތު އެކަހެރިކޮށް ބުންޏެވެ. ”އެދުރުކަލޭގެފާނު ވަޑައިގެންފި. އެކަލޭގެފާނު ކަލޭ ދުށުމަށް އެދިވަޑައިގަންނަވާ.“
ކަލޭމެން އަހަރެންނަށް މާތް ސާހިބާއޭ އެދުރުކަލޭގެފާނުއޭ ބުނެ މުޚާތަބު ކުރޭ. ކަލޭމެން އަހަރެންނަށް އެފަދައިން މުޚާތަބު ކުރިޔަސް އެންމެ ރަނގަޅު، އެއީ ތެދެއްމެ.
ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.