Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:12 - ކިތާބުލް މުޤައްދަސާ

12 ކަމީރުނުލާ ބޯރޮށީގެ ޢީދުގެ ފުރަތަމަ ދުވަހު މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ޤުރުބާނުގެ ގޮތުން މި ޢީދުގެ ޚާއްސަ ޖާފަތަށް ޅަ ކަންބަޅިއެއް ކަތިލާންޖެހެއެވެ. އެ ހިނދު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މި ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ޖާފަތް ކަލޭގެފާނަށްޓަކައި އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތާނކުތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:12
16 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ފުރަތަމަ މަހުގެ ސާދަވަނަ ދުވަހު ހަވީރު ކަމީރު ނުލާ ބޯރޮށި ކާން ފަށާގޮތަށް އެމަހު އެކާވީސް ވަނަ ދުވަހު ހަވީރާ ހަމަޔަށް އެ ނޫންގޮތަކަށް ފިހެފައި ހުރި ރޮއްޓެއް ކައިގެން ނުވާނެއޭ.


މިކަމަށް ޚާއްސަ ކުރެވޭ ޖަނަވާރު މަހުގެ ސާދަ ވަނަ ދުވަހާ ހަމަޔަށް ރަނގަޅަށް ގެންގުޅެ ބަލަހައްޓަން ވާނެޔޭ. ދެން އެދުވަހު އިރުއޮއްސޭ ވަގުތުގައި އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން އެ ކަންބަޅި ނުވަތަ ބަކަރި ކަތިލާށޭ.


އެރޭ އެމަސްތައް އަލިފާންމަތީ ފިހެގެން ހިތި ފަތްޕިލާވެލީގެ ސަޓަންޏާއި ކަމީރު ނުލާ ބޯރޮއްޓާ ޖަހައިގެން ކާށޭ.


ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މި ހިނދު މި ގޮތަށް އަމަލު ކުރައްވަމާ ހިންގަވާ. އަހަރެމެން އެންމެހާ ކަންތައްތައް ކޮށް އުޅެނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން.⁠“ ދެން އީސާގެފާނު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ޔަޙުޔާގެފާނު އެއްބަސްވެ ވަޑައިގެންނެވިއެވެ.


ފަހަނަޅައި ދިއުމުގެ ޢީދާއި އަދި ކަމީރު ނުލާ ރޮށި ފިހޭ ޢީދު އައުމުގެ ދެދުވަސް ކުރިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަ ކޮށްލެއްވޭނޭ ގޮތެއް ފެނޭތޯ ބަލަމުން ދިޔައެވެ.


އެބައިމީހުން މި އިވިދިޔަ ވާހަކަތަކާ މެދު ނުހަނު އުފާކޮށް އޭނާއަށް ފައިސާ ދިނުމަށް ވަޢުދުވިއެވެ. އެގޮތުން އެބައިމީހުންނާއި އީސާގެފާނު ޙަވާލު ކުރެއްވޭނެ ރަނގަޅު ފުރުސަތަކަށް ޔުދާސް ބަލަން ފެށިއެވެ.


އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެ ބޭފުޅަކަށް މިފަދައިން އިރުޝާދު ދެއްވައި ފޮނުވިއެވެ: ”⁠އަވަށު ތެރެއަށްދޭ. އަދި ފެން ގުޅިއެއް ހިފައިގެން އަންނަ ފިރިހެނަކާއި ތިޔަބައިމީހުންނާއި ބައްދަލުވާނެ. އެމީހާގެ ފަސްފަހަތުން ދޭ.


އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައެއްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ