Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 14:11 - ކިތާބުލް މުޤައްދަސާ

11 އެބައިމީހުން މި އިވިދިޔަ ވާހަކަތަކާ މެދު ނުހަނު އުފާކޮށް އޭނާއަށް ފައިސާ ދިނުމަށް ވަޢުދުވިއެވެ. އެގޮތުން އެބައިމީހުންނާއި އީސާގެފާނު ޙަވާލު ކުރެއްވޭނެ ރަނގަޅު ފުރުސަތަކަށް ޔުދާސް ބަލަން ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 14:11
14 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި އަހަރެން ތިޔަބައިމީހުންނަށް އެހީތެރިވެދީފިނަމަ ތިޔަބައިމީހުން އަހަރެންނަށް ކިހާވަރަކަށް ފައިސާ ދޭނަން؟⁠“ އެބައިމީހުން ޔުދާސް އިސްކަރިއޮތަށް ތިރީސް ރިހި ލާރި ދިނެވެ.


ދެން ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް އީސާގެފާނަށް ޚިޔާނާތްތެރިވެ އެބައިމީހުންނާއި އެކަލޭގެފާނު ޙަވާލުކުރެވޭނޭ ގޮތެއް ރާވައިދިނެވެ.


ކަމީރުނުލާ ބޯރޮށީގެ ޢީދުގެ ފުރަތަމަ ދުވަހު މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ޤުރުބާނުގެ ގޮތުން މި ޢީދުގެ ޚާއްސަ ޖާފަތަށް ޅަ ކަންބަޅިއެއް ކަތިލާންޖެހެއެވެ. އެ ހިނދު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މި ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ޖާފަތް ކަލޭގެފާނަށްޓަކައި އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތާނކުތޯ؟⁠“


ދެން ބާރަ އަސްޙާބީންގެ ތެރެއިން އެކަކު ކަމުގައި ހިމެނޭ ޔުދާސް އިސްކަރިޔޮތުގެ ހިތަށް އިބިލީސް ވަސްވާސް ދީ އޭނާގެ މައްޗަށް ވެރިވިއެވެ.


ފައިސާ އާއި މުއްސަނދި ކަމަށް ލޯބި ކުރުމަކީ ހުރިހާ ބާވަތެއްގެ ޝައިތާނީ ވަސްވާސްތަކެއް އެކުލެވި މޫލާފައިވާ ކަމެކެވެ. އަދި ފައިސާ އަށް ދަހިވެތިވާ މިފަދަ މީހުން އީމާންތެރިކަމުން އެއްކިބާވެ މިސްރާބެއް ނެތި ދަތުރު ކުރާހިނދު އެތައް ހިތާމަތަކެއް އެކުލެވިގެންވެއެވެ.


ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ. އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ