Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 13:8 - ކިތާބުލް މުޤައްދަސާ

8 އެއް ޤައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަމުން އަނެއް ރަސްކަމަށް ޙަމަލާދޭނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވުމުގެ އިތުރުން ތަދުމަޑުކަމާއި ކުރިމަތިލާނެ. މި ކަންތައްތަކަކީ ވިހޭގޭ ތެރޭގައި އަންހެނަކު އެންމެފުރަތަމަ އުފުލާނެ ގަދަފަދަ ވޭންވަރުފަދަ ކަމެއް.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 13:8
21 ပူးပေါင်းရင်းမြစ်များ  

މި ހުރިހާ ކަންތައްތަކަކީ އަންހެނެއްގެ ވިހެއުމުގެ ފުރަތަމަ ވޭންވަރުތައް ފަދައިން ހިނގައިދާ ކަންތައްތައް.


އަދި ތިޔަބައިމީހުންނަށް ދުރާއި ގާތުން ހަނގުރާމަތަކުގެ އަޑުއިވޭނެ. ނަމަވެސް އެކަންތައްތަކާއިމެދު ބިރުވެތި ނުވާތި. މިފަދަ އެތައް ކަމެއް ހިނގަން ޖެހޭނެ. މިކަންތައް މިހެން ހިނގިއެއް ކަމަކު މިއަކީ އަދި އާޚިރު ނިމުމެއް ނޫން.


ސަމާލުވޭ! ތިޔަބައިމީހުން ފަޅާއަރުވައި ކޯޓުތަކަށް ގެންދެވޭނެ. ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ހައްދު ޖެހޭނެ. އަހަންނާ ހެދި ތިޔަބައިމީހުން ގަވަރުނަރުންނާއި ރަސްރަސްކަލުންގެ ކުރިމައްޗަށް ގެންދެވޭނެ. އެއީ އެބައިމީހުންނަށް ދިންނެވުމުގެ އުފާވެރި ޚަބަރުގެ ހެއްކެއްގެ ގޮތުން.


އޭގެ ތެރެއިން އެކަކު ކަމުގައި ވީ އަގާބުސް އޭ ނަމަކަށް ކިޔުނު މީހަކު ތެދުވެ މާތްރޫޙުފުޅުގެ ބާރުގެ ދަށުން އެންމެންނާ މުޚާޠަބުކޮށް ބުންޏެވެ: ”⁠މުޅި ދުނިޔެއަށް ވަރަށް ބޮޑު ތަދެއް އެބަ ކުރިމަތިވެއެވެ.⁠“ (މި ތަދު ކުރިމަތިވީ ކުލާއުދިއުސް ގެ ރަސްކަމުގެ ދުވަސްވަރުއެވެ.)


އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.


ދެން އެހެން އަހެއް ބޭރަށް އައެވެ. އެއީ ގަދަ ރަތް ކުލައިގެ އަހެކެވެ. އެ އަސް ދުއްވާ އަސްވާރަށް ދުނިޔެއަށް ހަނގުރާމަ ކުރިމަތި ކުރުވުމުގެ ބާރު ދެއްވާފައި ވިއެވެ. އެއީ މީސްތަކުން އެކަކު އަނެކަކު ގަތުލު ކުރުމަށެވެ. އޭނާއަށް ވަރަށް ދިގު ކަނޑިއެއް ލިބިފައި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ