Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 13:7 - ކިތާބުލް މުޤައްދަސާ

7 އަދި ތިޔަބައިމީހުންނަށް ދުރާއި ގާތުން ހަނގުރާމަތަކުގެ އަޑުއިވޭނެ. ނަމަވެސް އެކަންތައްތަކާއިމެދު ބިރުވެތި ނުވާތި. މިފަދަ އެތައް ކަމެއް ހިނގަން ޖެހޭނެ. މިކަންތައް މިހެން ހިނގިއެއް ކަމަކު މިއަކީ އަދި އާޚިރު ނިމުމެއް ނޫން.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 13:7
17 ပူးပေါင်းရင်းမြစ်များ  

އަހަރެމެން އެންމެން ދުވަސްކޮޅަކުން މަރުވެދާނެ. އަހަރެމެން އެންމެންނަކީ ބިމަށް އޮއްސާލާ ފެނެކޭ އެއްގޮތް ބަޔަކީމު. އެކަކަށް ވެސް ބިމުން އެ ފެނެއް ނުނެގޭނެ. ކަލޭގެފާނަށް އެނގިވަޑައިގަންނަވާ ނޫންތޯ، މާތްރަސްކަލާނގެ ވެސް މީހާ މުޅިއަކުން ނައްތައެއް ނުލައްވާ. ކޮންމެވެސް ދުވަހަކުން އެކަލާނގެ އަލުން އޭނާ ގެންނަވާނެ ގޮތެއް ހައްދަވާ.


ނުބައި މީހުންނާ ކުރިމަތިވާ ކުއްލި ކާރިސާތަކާ މެދު ކަންބޮޑު ނުވާށެވެ.


ފާފައިގެ ވަސްވާސްތަކުގެ ސަބަބުން ދުނިޔޭގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! ފާފައާ ދިމާއަށް މީހުން ދާނެކަމީ ޝައްކެއް ވެސް ހުރި ކަމެއް ނޫން. އެކަމަކު މީހަކު ލައްވާ ފާފަ ކުރުވާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ!


ހެރޮދު ރަސްގެފާނަށާއި ޖެރޫސަލަމުގައި ތިބި އެހެނިހެން މީސްތަކުންނަށް މި ޚަބަރު އިވުމުން، މިކަމާ ހުރިހާ އެންމެން ނުހަނު ކަންބޮޑުވިއެވެ.


އަހަރެންގެ ނަމުގައި އެތައް ބަޔަކު އަންނާނެ. އަދި ’⁠ތިމަންނާއީ މާތްރަސްކަލާނގެ ހޮއްވަވާފައި ފަރާތް⁠‘ ކަމުގައި ބުނެ ދަޢުވާކުރާނެ. އެފަދަ މީހުން އެތައްބަޔަކު މަގުފުރައްދާނެ.


އެއް ޤައުމު އަނެއް ޤައުމާއި ހަނގުރާމަކުރާނެ. އެއް ރަސްކަމުން އަނެއް ރަސްކަމަށް ޙަމަލާދޭނެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބިންހެލުންތައް ކުރިމަތިވުމުގެ އިތުރުން ތަދުމަޑުކަމާއި ކުރިމަތިލާނެ. މި ކަންތައްތަކަކީ ވިހޭގޭ ތެރޭގައި އަންހެނަކު އެންމެފުރަތަމަ އުފުލާނެ ގަދަފަދަ ވޭންވަރުފަދަ ކަމެއް.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އެއްގޮތަކަށް ވެސް ކަންބޮޑުނުވޭ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އިތުބާރުކޮށް އަހަރެންނަށް އީމާންވޭ.


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ