Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 13:6 - ކިތާބުލް މުޤައްދަސާ

6 އަހަރެންގެ ނަމުގައި އެތައް ބަޔަކު އަންނާނެ. އަދި ’⁠ތިމަންނާއީ މާތްރަސްކަލާނގެ ހޮއްވަވާފައި ފަރާތް⁠‘ ކަމުގައި ބުނެ ދަޢުވާކުރާނެ. އެފަދަ މީހުން އެތައްބަޔަކު މަގުފުރައްދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 13:6
13 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ދޮގު ނަބީން އައިސް ގިނަބަޔަކަށް އޮޅުވައިލާނެ.


ގިނަ ބަޔަކު އައިސް އެބައިމީހުންނަކީ ’⁠އަލްމަސީޙު⁠‘ ކަމުގައި ބުނެ އެތައްބަޔަކު މަގުފުރައްދާނެ.


ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި މީހުން ވެސް މޮޔަހައްދަން އުޅޭނެ.


އެބޭކަލުންނަށް އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ސަމާލުވެ ތިބޭ! އެއްވެސް މީހަކު ބުނާބަހަކަށް ތިޔަބައިމީހުން ހެއްލިގެން ނުވާނެ.


އަދި ތިޔަބައިމީހުންނަށް ދުރާއި ގާތުން ހަނގުރާމަތަކުގެ އަޑުއިވޭނެ. ނަމަވެސް އެކަންތައްތަކާއިމެދު ބިރުވެތި ނުވާތި. މިފަދަ އެތައް ކަމެއް ހިނގަން ޖެހޭނެ. މިކަންތައް މިހެން ހިނގިއެއް ކަމަކު މިއަކީ އަދި އާޚިރު ނިމުމެއް ނޫން.


އަހަރެން އައިސް މިހިރީ ސީދާ ބައްޕާފުޅު ފޮނުއްވައިގެން. ވިޔަސް ކަލޭމެން އަހަރެން ބަލައެއް ނުގަތް. އެކަމަކު އެހެން މީހަކު އޭނާގެ އަމިއްލަ ނަމުގައި އައުމުން އެމީހަކަށް އެބަ މަރުހަބާ ކިޔާ.


އަހަރެންނަކީ ކާކު ކަމާމެދު އަހަރެން މިބުނާ ބަސްތައް އަހާ ގަބޫލު ނުކޮށްފި ނަމަ ’⁠ކަލޭމެން މަރުވެ ދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވިއޭ⁠‘ އަހަރެން މިބުނަނީ އެހެންވެ.⁠“


އެހެން ކަމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އިންސާނާގެ ދަރިކަލުން މައްޗަށް ނަގާ އުފުލާ ދުވަހު ކަލޭމެންނަށް އަހަރެން މިއީ އެކަލޭގެފާނުކަން އެނގޭނެ. އަދި އަހަރެން އެއްވެސް ކަމެއް އަހަރެން އަމިއްލަޔަށް ނުކުރާ ކަމާއި، އަދި އަހަރެން މިބުނާ ހުރިހާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން ކަމާއި، އެބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އަހަރެންނަށް އެންގެވި ބަސްފުޅުތައް ކަން ވެސް ކަލޭމެންނަށް އެނގޭނެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ