Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 13:33 - ކިތާބުލް މުޤައްދަސާ

33 މިކަންތައްތައް ހިނގާނެ ދުވަހާއި ވަގުތު ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭ. އެހެންވީމާ، ސަމާލުވެ ތައްޔާރުގައި ތިބޭ!

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 13:33
19 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މި މާނަފުން ވާހަކަ މިފަދައިން ވިދާޅުވެ ނިންމަވާލައްވަމުން ވިދަޅުވިއެވެ. ”⁠އަބަދުވެސް ތައްޔާރުގައި ތިބޭ! މި ހުރިހާ ކަމެއް ހިނގައިދާނީ ކޮން ދުވަހެއްގައި، ކޮން ވަގުތެއްގައިކަން، ތިޔަބައިމީހުންނަކަށް ނޭނގޭނެ.⁠“


ތިޔަބައިމީހުންގެ ނަފްސުތަކަށް ސަމާލުވޭ! ވަގުތު އައުމުގެ ކުރީން ތިޔަބައިމީހުންނަށް ހުރިހާ ތަކެއްޗެއް އަހަރެން ބުނެފިން!⁠“


ކަލޭމެން ތިބެންވާނީ މިފަދައިން ތައްޔާރުވެގެން. އެއީ އިންސާނާގެ ދަރިކަލުން ވަޑައިގަންނަވާނީ ކަލޭމެން އެއްގޮތަކަށް ވެސް ހީނުކުރާ ކަހަލަ ވަގުތެއްގަ.⁠“


ކޮންމެ ވަގުތެއްގައްޔާއި އަދި ކޮންމެ މުނާސަބަތެއްގައިމެ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ދުޢާ ކުރާށެވެ. އަދި އެންމެހާ މަސީޙީންނަށް ދުޢާ ކުރުމުގައި ދެމިތިބޭށެވެ. ތިޔަބައިމީހުން ދުޢާކުރާ ހިނދު ސަމާލުވާށެވެ.


ޝުކުރުވެރި ހިތަކުން ސަމާލުވެތިބެ ދުޢާކުރުންމަތީގައި ދެމިތިބޭށެވެ.


އެކަކު ވެސް މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅަށް ފުރަގަސް ދިނަ ނުދޭށެވެ. އަދި އަނެކާއަކީ ހިތި ވިހަގަހެއް ފަދައިން ހެދިބޮޑުވެ އެހެން މީހުންނަށް ވިހަލާ މީހަކަށް ވިޔަ ނުދޭށެވެ.


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


”⁠ދެކިބަލަ! އަހަރެން ވަގަކު އަންނަފަދައިން އަންނާނަން! އެމީހެއްގެ ފޭރާންތައް ރައްކާތެރިކޮށްގެން ހޭލާ ހުރި ފަރާތަކަށް ބަރަކާތް ލިބިގެންވާނެ! އެގޮތުން، އޭނާ ބަރަހަނާ ޙާލުގައި އަދި ލަދުވެތިވެ ޢާންމުންގެ ތެރޭގައި ހިނގާކަށް ނުޖެހޭނެމެ!⁠“


މިހާރު ހޭލާ! ތިޔަބައިމީހުންގެ ކިބައިގައި ތިވާ ކުޑަ އީމާންތެރިކަން ވެސް މަރުވުމުގެ ކުރިން އޭގައި ބާރުޖައްސާ! ތިޔަބައިމީހުން ފުރިހަމައަށް އަހަރެންގެ ކަލާނގެ ކިބަފުޅަށް ކިޔަމަންތެރި ނުވާކަން އަހަރެންނަށް ވަނީ ފެނިފަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ